ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްލޯބަލް ކޫލިން ޕްލެޖް ގައި ރާއްޖެއިން ސޮއިކޮށްފި

ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ 28 (ކޮޕް28)ވަނަ ބައްދަލުވުމުގައި، އެކުވެރި އަރަބި އިމާރާތާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އަދި ކޫލް ކޯލިޝަން އިން އެކުލަވާލައިފައިވާ “ގްލޯބަލް ކޫލިން ޕްލެޖް” ގައި ދިވެހިރާއްޖެ އިން ސޮއިކޮށްފިއެވެ.

ގްލޯބަލް ކޫލިން ޕްލެޖް އަކީ ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަބޭނުންކުރުން އިތުރުކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ބޭނުންކޮށްގެން ފިނިކުރުމާއި އެދާއިރާގެ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމަށް ސޮއިކުރި ޕްލެޖެކެވެ.

2023ގެ ޑިސެންބަރު މަހުގެ 5 ވަނަ ދުވަހު މި ޕްލެޖް ލޯންޗުކުރުމަށް ބޭއްވި ހަފްލާގެ ޕެނަލްއެއްގައި ބައިވެރިވެ ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހިމް ވިދާޅުވީ ދިވެހިރާއްޖެ އަކީ ހޫނު ޤައުމެއްކަމަށާއި މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ހޫނުން އަރައިގަތުމަށް ފިނިކުރާ ނިޒާމްތައް ބޭނުންކުރާ މިންވަރު ރާއްޖޭގައި އިތުރުވެފައިވާކަމަށްށެވެ.

ދިވެހިރާއްޖޭގެ ޖީ.ޑީ.ޕީގެ 13 އިންސައްތަ ހަރަދުކުރަނީ ތެޔޮ އެތެރެކުރުމަށްށާއި އަދި އޭގެން ބޮޑުބައެއް ހޭދަކުރަނީ ކަރަންޓް އުފެއްދުމަށްކަމަށާއި، އެހެންކަމުން މިފަދަ ހާލަތެއްގައި ޤައުމުއޮތްއިރު މިފަދަ ޕްލެޖްއަކުން ދިވެހިރާއްޖެއަށް ފައިދާވާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލަށް ހޭނުމަށް ކުދި ޖަޒީރާ ގައުމުތަކަށް އެހެން ގައުމުތަކުން އެހީތެރިވާން ޖެހޭކަން ފާހަގަކޮށް މި ޕެލެޖްގައި އިތުރު ގައުމުތަކުން ބައިވެރިވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. މި ހަފްލާގައި ޔުނެޕްގެ އެކްޒެކްޓިވް ސެކްރެޓަރީ އިންގަރ އެންޑަރސަން ކޮޕް ޕްރެސިޑެންޑް ޑރ. ސުލްތާން އަލް ޖަބަރު އަދި އެމެރިކާގެ ޕްރެސިޑެންޝަލް އެންވޯއީ ފޮރ ކްލައިމެޓް ޖޯން ކެރީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: