ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޕް 28: މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢެއް ހިންގެވުމަށް ރައީސްގެ ވައުދެއް!

ކޮޕް28 ސަމިޓުގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮޕް 28 ގައި ގައުމީ ބަޔާން އިއްވަވަމުން، މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގެވުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަޢުދު ވެވަޑައިގެންފިއެވެ.

ރައީސް މުއިއްޒު މިކަން އިއުލާނު ކުރައްވާފައި ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި މިއަދު ޤައުމީ ބަޔާން އިއްވަވަމުންނެވެ.

ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރަށްތަކުގެ ވިލުންތެރިކަން އިތުރު ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. މިގޮތުން، ދިވެހިރާއްޖޭގެ ކޮންމެ މުރަކައެއް، ކޮންމެ ވެލި ފުކެއް، ކޮންމެ މަހެއް، އަދި ކޮންމެ ރުކަކީވެސް އަގުހުރި އެއްޗެއްކަމަށާއި، އެތަކެއްޗަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި އިގްތިސާދަށާއި މުޅި ގައުމަށް ވެސް ލިބޭ އުނިކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ، ދިރިއުޅެވޭނެ ގޮތްތައް ބިނާކުރުމަށްޓަކައި އެކަށީގެންވާ މާޙައުލީ ނިޒާމެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް އެހީތެރިވާ ލޮސް އެންޑް ޑެމޭޖް ފަންޑުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނެ މަގުފަހިވެގެންދާނެ ކަމަށާއި، އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ފަންޑުގެ މަދަދު ފަސޭހައިން ހޯދޭނެ ގޮތްތައް ފަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

ދުނިޔޭގެ ފަރުދެއްގެ ހައިސިއްޔަތުން، ދުނިޔޭގެ ވެށްޓަށްޓަކައި ކޮންމެ މީހަކުވެސް އުފުލަން ޖެހޭ ޒިންމާތަކެއްވާކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ހަނދުމަކޮށްދެއްވާފައެވެ. މީގެ އިތުރުން، އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ގުޅިގެން މަސައްކަތްކޮށް، އަމަލުތަކުން އެކަން ޔަޤީންކޮށްދެއްވުމަށް ރައީސް މުއިއްޒު އެދިވަޑައިގެންފައިވެއެވެ.

2019 ވަނަ އަހަރު ބޭއްވި އދ ގެ 74 ވަނަ އަންމު މަޖިލީހުގެ ޖަލްސާގައި ރާއްޖެއިން ވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ނެޓް ޒީރޯއަށް ވާސިލުވުމަށް ނިންމާފައިވާކަމުގެ އުންމީދީ ޕްލޭން ހާމަކޮށްފައެވެ. އެދުވަހުގެ ބައްދަލުވުމުގައި ރައީސް ވަނީ ދުނިޔެ ހޫނުވަމުން ދިއުމާއި ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މިންވަރުގެ މައްޗަށް އަލިއަޅުއްވައިލައްވައި، މުއްސަނދި ގައުމުތަކުން ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކަށް، އެ ގައުމުތަކުގެ ކެޕޭސިޓީ އިތުރު ކުރުމާއި، ޓެކްނޮލޮޖީ ބަދަލު ކުރުމާއި، ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވާފަ އެވެ.

ރާއްޖެއަކީ ޕާލޭ ފޮރ ދަ އޯޝަންސް ”ފިއުޗަރ އައިލެންޑް ނޭޝަން“ ޕްރޮގްރާމުގެ ފައުންޑިން މެންބަރެއްގެ ގޮތުގައި އޮވެ ”ސިންގަލް ޔޫސް ޕްލާސްޓިކް“ ބޭނުން ކުރުން މަދުކުރުމަށް އެތައް ފިޔަވަޅުތަކެއް އަޅައި 2023 ވަނަ އަހަރުގެ ނިޔަލަށް އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން އަމާޒު ކަނޑައަޅާފައިވާ ގައުމެއްކަން ފާހަގަ ކުރެވެ އެވެ.

ރާއްޖޭގެ، ”ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް“ މޮޑެލްގައި މައިގަނޑު 11 ދާއިރާއެއް ހިމެނޭއިރު، މި މޮޑެލްއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރި ޖަޒީރާ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް، އެފަދަ ގައުމުތަކަށް ހާސިލު ކުރެވޭނެ ފަދަ ލަނޑުދަނޑިތައް ހިމަނައިގެން ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލްއެކެވެ. މި ޕްލޭންގައި އެންމެ އިސްކަމެއް ދެނީ ތިމާވެށީގެ ގޮތުން މުއްސަނދި ސަރަހައްދުތައް ހިމާޔަތްކޮށް، އިއާދަ ކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އަވަހަށް ބަދަލުވެ، ނާޒުކު އިކޯސިސްޓަމްތައް ދެމެހެއްޓެނިވި މުޖުތަމައަކާ އެއްގޮތަށް ބިނާކުރުމަށެވެ

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: