ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މެޖޯރިޓީ ލިބޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

ރައީސް މުއިއްޒު: ފޮޓޯ/ ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް ޕީއެންސީއިން 2024 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުވަނީ ދަތިތަކެއް ހުރިކަން ހިއްސާކުރައްވާފައެވެ. އެމަނިކުފާޏު ވިދާޅުވީ ދެ ޕާޓީ ގުޅިގެން ކުރެވޭ މަސައްކަތްތައް މުޅި ރާއްޖޭގައި ގައުމީ ވިސްނުމެއްގެ މަތިން ކުރެވިގެންދާނެކަމަށެވެ.  އަދި އަކަމުގެ ސަބަބުން ކުރިއަށް އޮތް އިންތިހާބުގައި ސުޕަރމެޖޯރިޓީ އާއި ހިސާބަށް ވާސިލުވެވޭނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ގޮންޖެހުންތައް ހުރިކަމަށެވެ. އެހެންނަމަވެސް އެއީވެސް ކުރިއެރުމަށް ލިބިގެންދާ ހިތްވަރަކަށް ވާން ވާނެކަމަށާއި ޕީއެންސީއަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޖާގަ ތަނަވަސް އޮފީހެއް ލިބުމާއިމެދު ޝުކުރުވެރިވެވަޑައިގަންނަވާކަންވެސް ހިއްސާކުރެއްވިއެވެ. އެމަނިކުފާނީ ޕީއެންސީ އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި “ސަންގު” އިން މިކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ވެސް ރައީސް ވިދާޅުވީ އެމަނިކުފަނުގެ އަމާޒަކީ މަޖިލީހުގެ މެޖޯރިޓީއެއް ކާމިޔާބު ކުރުން ކަމަށެވެ. ސަންގުގެ ނޫސްވެރިޔާ ފާހަގަކުރީ މީގެ ކުރިން މި ނޫހަށް ދިން އިންޓަވިއުއެއްގައި މަޖިލީހުގެ 2/3 ގޮނޑި ކާމިޔާބު ކުރުމަަކީ އެމަނިކުފާނުގެ އަމާޒު ކަމަށާއި ރައްޔިތުންގެ އެ ތާއީދު ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެކަމަކު މިހާރު މި އުފެދުނު ހާލަތުގެ ސަބަބުން ވޯޓު ބައިވެ އެމްޑީޕީއަށް ގޮނޑި ލިބިދާނެ ނޫންތޯ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ތިބީ ސަރުކާރާއި އެކު ކަމަށެވެ.އެ އަމާޒަށް ވާސިލުވެވޭނެކަމުގެ ޔަގީންކަން އެބައޮތްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދާނެ ކަމަށެވެ. އަދި ގައުމަށް ބޭނުންވާ ހެޔޮ ބަދަލު ގެނެވެން އޮތީ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރެވިގެންކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: