ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ ދިރާސާ: ”ފާއިތުވި ތިން އަހަރު ރާއްޖޭގައި ކޮރޮޕްޝަންގެ އަމަލުތައް ދިޔައީ މައްޗަށް“

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވެ ދިޔަ ތިން އަހަރު ދިވެހިރާއްޖޭގައި ކޮރޮޕްޝަންގެ އަމަލުތައް ދިޔައީ މައްޗަށް ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) ގެ ދިރާސާއިން ދައްކައިފިއެވެ.

މި ދިރާސާގައި 722 މީހެއްގެ ފޯނު އިންޓަވިއު ނަގައިފައިވެއެވެ. އަންހެނުންނާއި ފިރިހެނުންގެ ހިއްސާވެސް ދާދި އެއް ހަމައެއްގައި ހިމަނައިގެން ހެދި މި ދިރާސާގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުން ހިމެނެއެވެ.

މީގެ ތެރެއިން 56 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި ކޮރަޕްޝަންއަކީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައެވެ. މި މައްސަަ ހައްލުކުރުމަށް އޭސީސީއަށް ރައްޔިތުން އިތުބާރު ކުރާ މިންވަރު ދެނެގަތުމަށް ކުރި މަސައްކަތުން ހާމަވީ މި ދިރާސާގައި ބައިވެރިވީ 50 އިންސައްތައަށްވުރެ ގިނަ މީހުން އޭސީސީއަށް އިތުބާރު ކުރާކަމެވެ. ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އޭސީސީއަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށް 47 މީހުން ގަބޫލުކުރެއެވެ. އަދި ދިރާސާގައި ބައިވެރިވި 64 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި ފާއިތުވެދިޔަ ތިން އަހަރު ކޮރަޕްޝަނުގެ އަމަލުތައް ވަނީ އިތުރުވެފައެވެ.

ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، މައްސަލަތައް ހައްލުކުރުމަށް ދައުލަތަށް ބަރޯސާވެވޭތޯ ބެލި ބެލުމުން، ދިރާސާގައި ބައިވެރިވީ 33 އިންސައްތަ މީހުން ދައުލަތަށް ބަރޯސަވާކަން ވަނީ ހާމަވެފައެވެ.

ދިރާސާގައި ބައިވެރިވީ މީހުން ގަބޫލު ކުރާ ގޮތުގައި ރާއްޖޭގައި ކޮރަޕްޝަން އިތުރުވަނީ މީހުންގެ ކިބައިގައި ނަޒާހާތްތެރިކަމާއި އަހުލާގީ ސުލޫކުގެ ފެންވަރު ދަށްވުމުންނާއި، އިދާރާތަކުގެ ހަރުދަނާކަން ކުޑަވުމާއިއެކު، ގާނޫނާއި ގަވާއިދުތަކުގައި ހުރި މައްސަލަތަކުގެ ސަބަބުންނެވެ.

ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާ އާއި ޖުޑީޝަރީގެ މުވައްޒަފުންގެ މެދުގައި އެންމެ ގިނައިން ހިންގާ ކޮރަޕްޝަނުގެ ގޮތުގައި މި ދިރާސާގެ ބައިވެރިން ފާހަގަކޮށްފައިވަނީ ޖިނާއީ މައްސަލަތަކުގައި ހައި ޕްރޮފައިލް މީހާގެ މައްސަލައާއި ދެރަ ނިކަމެތި މީހާގެ މައްސަލަ ނިންމުމުގައި ތަފާތު ކުރުން ގެންގުޅުމާއި، އެ ފަރާތްތަކަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ބޭނުންކޮށްގެން، ތުހުމަތު ކުރެވޭ މީހުންގެ ކުށުގައި ނުބެދި ސަލާމަތްކޮށްދިނުމަށް މަސައްކަތް ކުރުމާއި އަދި ޕްރޮސިކިއުޝަން މަރުހަލާ ނިންމިޔަ ނުދިނުމަށް ނުފޫޒު ފޯރުވުމެވެ.

ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަނުގެ ކުށްތަކުގެ ތެރޭގައި ނުފޫޒުން މުވައްޒަފުން ހޮވުމާއި ވަޒީފާއިން ވަކި ކުރުމާއި ޕްރޮމޯޝަން ދިނުމާއި، ރިޝްވަތާއި ހަދިޔާ ބަލައިގަނެ، ކޮންޓްރެކްޓުތައް ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހަވާލުކުރުމާއި އަދި ދައުލަތުގެ މުދާ އަމިއްލަ މަންފާއަށް ބޭނުންކުރުންވެސް ފާހަގަކޮށްފައިވެއެވެ.

މުވައްޒަފުންގެ މެދުގައި އެންމެ ގިނައިން ހިންގާ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުގެ ގޮތުގައި ގާތް ފަރުދީ ގުޅުން އޮންނަ ފަރާތްތަކަށް ޚިދުމަތް ދިނުން އަވަސް ކުރުމާއި ވަޒީފާއަށް މުވައްޒަފުން ނެގުމާއި ވަކިކުރުމާއި ޕްރޮމޯޝަން ދިނުމުގައި ނުފޫޒު ފޯރުވުން ހިމެނެއެވެ.

މީގެ އިތުރުން ކޮރަޕްޝަނުގެ ކުށެއް ކުރާކަން ފެނިފައިވާ އާންމުންގެ ނިސްބަތަށް ބަލާއިރު، ދިރާސާގައި ބައިވެރިވީ 65 އިންސައްތަ މީހުންނަށް ވޯޓާއި ގުޅިގެން ރިޝްވަތު ދިނުމުގެ ކަންކަން ފެނިފައިވެއެވެ. ހިދުމަތް ހޯދުމުގައި ގާތް މީހުން މެދުވެރިކޮށް ކަންކަން ކުރާ ކަން އެނގޭ ނުވަތަ ފެނިފައިވާ 58 އިންސައްތަ މީހުން މި ދިރާސާގައި ބައިވެރިވިއެވެ. އަދި ރިޝްވަތު ދީގެން ކޮންޓްރެކްޓް ކާމިޔާބުކޮށް، ކޯޓުތަކަށް ނުފޫޒު ފޯރުވުމުގައި ރިޝްވަތު ދޭކަން އެނގޭ 40 ޕަސެންޓް ބައިވެރިން އެބަ ތިބިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އޭސީސީ އޮތީ ނިދާފަ. ފްލެޓް ކަންތަކާ ގޮތްކިޔަން ހޭލެވުނީ. އޭސީސީ ސުވާލުކުރެވެންޖެހޭނެ އެ މަޤާމު ހިޔާނާތް ތެރިވެފައިވާތީ، އޭސީސީގެ ބޮޑުން ވަޒީފާއިން ވަކިކުރަންޖެހޭ

  2. ނިމި ދިޔައީ ގައުމު ނުދެކޭފަދަ ކަރަޕްޓް ވެރިކަމެއް.އެންޓި ކަރަޕްޝަންމީހުންވެސް ތިބީ ނިދާފަ މަގާމުގެ ދަހިވެޔިކަމުގަ.މުއިއްޒު ގޮވީމަ ހޭލެވުނީ.ފެށުނީއްސުރެ ފެނަކަ ސައީދު ހިންގާ ޖަރީމާގެ ވާހަކަ ދައްކަމުން ދިޔައީ ބަލާކަށްވެސް ނުކެރުނު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: