މަސްވެރިންނަށް ދިމާފައިވަ މައްސަލަތައް ހައްލުކުރުމަށް 106 މިލިއަން ރުފިޔާ ރޭ މަސްވެރިންނަށް ދީފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސެސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން މިނިސްތަރު ޝިޔާމް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވާ ލަސްވުންކަމަށެވެ. މަސްވެރި އާއިލާތަކުގެ ޒަރޫރީ އެތައް ކަމަކަށް މިކަހުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުންކަމަށެވެ. އެކަމަށް ހުރި ހިރާސްތައް ނައްތާލެއްވުމުގެ މަސައްކަތްޕުޅު ބާރަށް ކުރިޔަށް އެބަގެންދަވާކަމަށް ވިދާޅުވިއެވެ.
މިވަގުތު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވާ ލަސްވުން. މަސްވެެރި އާއިލާ ތަކުގެ ޒަރޫރީ އެތައް ކަމަކަށް މިލަހުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައި. ރައީސުލްޖުމްހޫރއްޔާ ގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް… pic.twitter.com/FC4aPvy6Yz
— Ahmed Shiyam (@Shiyamaldives) December 7, 2023
އެގޮތުން ރޭ 106 މިލިއަން ރުފިޔާ މަސްވެރިންނަށް ދެވޭނެ އިންތިޒާމުވެސް ރައީސް ވަނީ ހަމަޖައްސަވާފައިކަމަށްވެސް ވިދާޅުވިއެވެ. މިކަމާއި ގުޅޭ ގޮތުން އިތުރަށް ސާފުކުރުމަށް ”ސަންގުން“ މިނިސްޓަރާއި ސުވާލުކުރުމުން ވިދާޅުވީ މިހާރު އެ ފައިސާ މަސްވެރިންނާއި ހަވާލުކޮށްފައިވާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަމާޒަކީ ދާއިމީ ޖުމްލަ ހައްލެއް ހޯދުންކަމަށެވެ.

