ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރުކަމަށް ވާދަކުރަން އާޒިމް އާއި އާޒިމާ ފޯމު ހުށަހަޅައިފި

ފޮޓޯ: ވަގުތު.. އަހްމަދު ޖައިޝަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް އާދަމް އާޒިމް އާއި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އާޒިމާ ޝަކޫރު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފިއެވެ.

އެމްޑީޕީގެ ޓިކެޓުގައި މާލެސިޓީ މޭޔަރުކަމަށް އަދި ކައުުންސިލްގެ ހުސްވެފައިވާ ތިން ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން ފޯމް ހުށަހަޅުއްވާފައިވާއިރު ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި އާޒިމާ ޝަކޫރުވެސް ވަނީ މިއަދު ފޯމު ހުށަހަޅުއްވާފައެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ އާއި އާޒިމްގެ ފޯމާއި އީސީގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބެވެ. އަދި ކައުުންސިލްގެ ހުސްވެފައިވާ ތިން ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންގެ ފޯމުވެސް ވަނީ އީސީއަށް ހުށަހަޅާފައެވެ.

މި ދެބޭފުޅުންގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު އާއި އަދި ޑިމޮކްރެޓްސްގެ ޓިކެޓުގައި މުހައްމަދު ސައިފް ފާތިހުއެވެ.

މާލެސިޓީގެ މޭޔަރުގެ އިންތިހާބު އަދި ހުސްވެފައިވާ ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ވަަނަ ދުވަހުއެވެ. އެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެންނެެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: