ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓްރީތަކުގެ މެންޑޭޓު ފާސްނުކޮށް، ވަޒީރުންނަށް ރުހުން ދޭން އަހާތީ ހިސާންގެ ނިޒާމީ ނުކުތާއެއް!

ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ޢައްޔަނު ކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީތަކުގެ މެންޑޭޓު ފާސްނުކޮށް، ވަޒީރުންނަށް ރުހުން ދޭ މައްސަލަ އެޖެންޑާކުރުމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދޭ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވާ ހިސާން ވިދާޅުވީ އަދި މިހާތަނަށް އައިރުވެސް މިނިސްޓްރީތަކުގެ މެންޑޭޓު މަޖިލީހަށް ފޮނުވާފައިނުވާކަމަށެވެ. ވަޒީރުންނަށް ރުހުން ދޭއިރު، އެ ރުހުން ދެވެނީ ކޮންކަމެއް ކުރަން ހަވާލުކުރެވިފައިވާ މީހަކަށްކަމެއް ނޭނގޭކަމަށާއި، އެހެންކަމުން އެކަން ކުރުމުގެ ގާބިލްކަން ހުރިކަންވެސް ނުބެލޭނެކަމަށް ހިސާން ވިދާޅުވިއެވެ.

މިއީ ނިޒާމީ ނުކުތާއެއްކަމަށް މަޖިލީހުގެ ރިޔާސަތުން ބަލައިގެންފާއިވާއިރު، މަޖިލީސް މެދުކަނޑާލީ މި މައްސަލައާއި ގުޅޭ ގޮތުން މަޖިލީހުގެ މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރާއި މަޝްވަރާ ކުރެއްވުމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: