ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒީ ޝަކީލުގެ ސުލޫކީ މައްސަލައާއި މެދު ޖޭއެސްސީން ގޮތް ނިންމައިފި!

ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އަދި ގާޒީ އަހުމަދު ޝަކީލް: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލުގެ މައްޗަށް ތުހުމަތު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލުގެ މައްޗަށް ތުހުމަތު ކުރެވުނު ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް އެ ކޮމިޝަނުން ނިންމާފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޝަންގެ ޖަލްސާގައެވެ.

އިސްގާޒީ ޝަކީލްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ސުލޫކީ މައްސަލައަކީ، އައިއެސް ޖަމައަތުގެ، ދިވެހި ރާއްޖޭގެ ލީޑަރުކަމަށް ތުހުމަތު ކުރާ، ޏ ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން، ގޭބަންދަށް ބަދަލުކުރުމަށް ނެރުނު އަމުރާއި ގުޅުން ހުރި މައްސަލައެކެވެ. އެހެންނަމަވެސް ޖޭއެސްސީއިންވަނީ އެ މައްސަލަ ސާބިތު ނުވާކަމަށް ނިންމާފައެވެ.

ގާޒީ އަހުމަދު ޝަކީލަކީ، ގިނަ އަހަރުތަކެއް ޝަރުއީ ދާއިރާގައި ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. ގާޒީ ޝަކީލު ބައްލަވަމުންދާ އިތުރު، ފާހަގަކޮށްލެވޭ މައްސަލަތަކުގެ ތެރޭގައި ރައީސް ޔާމިން މައްޗަށް ތުހުމަތު ކުރެވޭ، ވ އާރަށުގެ މައްސަލަވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: