ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަ ނުކުރަން ހިސާން ނިންމަވައިފި

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން.
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަ ނުކުރަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ނިންމަވައިފިއެވެ.

މިކަން ހާމަ ކުރައްވާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ހިސާން ވަނީ ތުޅާދޫ ދާއިރާ ތަމްސީލުކުރަން ދާއިރާގެ ރައްޔިތުން އޭނާ ދެއްވި ފުރުސަތަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި އޭނާގެ މަސައްކަތުގެ އެހީތެރިވެދިން ފަރާތްތަކަށްވެސް ޝުކުރު އަދާ ކުރެއްވިއެވެ.

ކުރިއްޔަށް އޮތްތަނުގައިވެސް އެމްޑީޕީއާއިއެކު ހުންނާނެކަމުގެ ޔަގީންކަން އަރުވާ ހިސާން ވިދާޅުވީ، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ކުރިމަތި ނުލާން ނިންމާފައިވާކަމަށެވެ.

ނަމަވެސް އުންމީދަކީ  ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމިހުރުންކަމަށް ހިސާން ވިދާޅުވިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ހިސާންއަކީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ މެންބަރެކެވެ.

ހިސާން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލުންގެ ޓީމުގައި އިސް ވަކީލެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެފައެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ ހެޑްކަންވެސް ކުރެއްވިއެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާތިލް ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލައިގައި އިދިކޮޅު ތަމްސީލް ކުރެއްވީ ހިސާންއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: