ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާއިން އުނިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ ޖަލްސާގެ އެޖެންޑާއިން އުނިކޮށްފިއެވެ.

މި މައްސަލަ އެޖެންޑާއިން އުނިކުރީ، ރުހުން ދިނުމަށް އަހާއިރު މަޖިލީހަށް މިނިސްޓްރީތަކުގެ މެންޑޭޓު ރައީސް އޮފީހުން ފޮނުވާފައި ނުވާތީއެވެ. މިކަމާއި ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވާ ފޮނަދޫ ދާއިރާގެ މެންބަރު ވިދާޅުވީ އެޖެންޑާއިން އެއްވެސް ކަމެއް އުނިކުރުމުގެ ބާރު ރައީސްއަށް ލިބިގެން ނުވާނެކަމަށެވެ.

މެންބަރުގެ ނިޒާމީ ނުކުތާ ބަލައިގަނެ އަލުން އަންގަވަނީކަމަށް ވިދާޅުވެ، އިސްލާހުކޮށް އަސްލަމް ވަނީ މައްސަލަ އަނބުރާ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާލާފައިވާކަން އަންގަވާފައެވެ.

އިތުރު މެންބަރުންވެސް ނިޒާމީ ނުކުތާތައް ނަންގަވާ މައްސަލަ ކޮމިޓީއަށް އަނބުރާ ފޮނުވުމަކީވެސް ރައީސްއަށް ކުރެވޭނެކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އެގޮތުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ވިދާޅުވީ އެޖެންޑާއަށް ނުވަތަ މަޖިލީހުގެ ތަޅުމަށް މައްސަލައެއް އައުމަށްފަހު އެއާއި ގުޅޭ އެއްވެސް ނިންމުމެއް ނިންމޭނީ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމަށް ފަހުކަމަށެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވަނީ ރަނގަޅަށް ދިރާސާނުކޮށް ނުވަތަ ނުބަލާ މައްސަލަ އެޖެންޑާކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކޮމިޓީއިން ނިންމި ނިންމުމެއް ޖަލްސާއަށް އެޖެންޑާ ކުރަންވާނީ ރަނގަޅަށް ބެއްލެވުމަށްފަހުކަމަށް އާމިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: