ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ކަންބޮޑުވުންތައް ކެބިނެޓު ރައީސްއަށް ހުށައެޅުމަށް، ވަޒީރުން އަތޮޅު ތެރޭގައި!

ކެބިނެޓު ވަޒީރުން އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަކީ ކޮބައިކަން ދެނެގަނެވިފައިވާކަމަށާއި، އެ މައްސަލަތައް ކެބިނެޓަށް ހުށަހަޅައި ހައްލު ހޯދައިދޭނެކަމަށް ޔޫތް މިނިސްޓަރ އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓު ވަޒީރުންނާއި، އެމަނިކުފާނުގެ ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ކޮންމެ ހަފްތާ ބަންދެއްގައި ވެސް އަތޮޅުތަކަށް ދަތުރުކޮށް ރައްޔިތުންނާއި އެކު ބައްދަލުވުންތައް ކުރިޔަށް ގެންދެ އެވެ.

މި ދަތުރުތަކުގެ ބޭނުމަކީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަކީ ކޮބައިތޯ ދެނެގަތުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެއެވެ.

ކ. އަތޮޅަށް ކުރެއްވި ދެ ދުވަހުގެ ދަތުރު ނިންމަވާލެއްވުމަށް ފަހު އެކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވަޒީރުން ވިދާޅުވީ އެއްކުރެވޭ މައުލޫމާތުތައް ރިޕޯޓެއްގެ ސިފައިގައި ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް ގެނެސްދޭނެކަމުގެ ޔަގީންކަން ދެއްވި އެވެ.

އެގޮތުން ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ހުންނެވީ ގއ. އަތޮޅުގައެވެ. މިނިސްޓަރު ޝިޔާމް ގެންދަވަނީ މަސްވެރިންނާއި ބައްދަލު ކުރައްވާ، ހުރި ކަންބޮޑުވުންތަކަކީ ކޮބައިތޯ ބައްލަވަމުންނެވެ.

ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ހުންނެވީ ރ އަތޮޅުގައެވެ.

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ހއ އަތޮޅުގައި ހުންނެވިއިރު، ޔޫތް މިނިސްޓަރ އިބްރާހީމް ވަހީދު (އަސްވާޑް) ހުންނެވީ ކ އަތޮޅުގައެވެ. މިނިސްޓަރު އަސްވާޑް މިހާރު ވަނީ ކ އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރު ކުރައްވާފައެވެ. ދަތުރުތަކުގެ ތެރެއިން މައުލޫމާތުދެއްވަމުން އަސްވާޑް ވިދާޅުވީ އާންމު މީޑިއާތަކުގައި ހުރި ކަންބޮޑުވުންތައް ރަށްތަކުގައި ނެތްކަމަށެވެ.

އޭގެ ބަދަލުގައި ރައްޔިތުންގެ ފޯކަސް ހުރީ ރަށުގެ ތަރައްގީއަށްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުންވެސް މިކަންކަމަށް އިސްކަން ދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: