ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންގެ އެހެން ގައުމެއްގެ ޕާސްޕޯޓު އޮތްތޯ ބަލަނީ!

ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ޢައްޔަނު ކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ ކެބިނެޓުގެ ވަޒީރުން އަތްފުޅުގައި އެެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތްތޯ ބެލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފި އެވެ.

ކެބިނެޓްގެ ވަޒީރުންނައް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވި މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތުގެ ތެރެއިން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަން ކުރެވުނު ބޭފުޅުންގެ އަތުގައި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮވެދާނެ ކަމަށް ޝައްކު ކުރެވޭތީ އެކަންތައް ބެލުމުގެ މަސައްކަތް ކުރައްވަމުން ދާކަމަށެވެ. 

މިކަމާއި ގުޅިގެން މައުލޫމާތު ހޯދުމަށް އިމިގްރޭޝަނުގައިވެސް އެދިފައިވީ ނަމަވެސް އިމިގްރޭޝަނުން ބުނަނީ އެއީ އެ ބޭފުޅުންގެ މެންޑޭޓް ތެރޭގައި އޮތްކަމެއް ނޫން ކަމަށެވެ. އެހެންކަމުން ވަޒީރުން މަޖިލީހަށް ހާޒިރުކޮށްގެން ނުވަތަ ލިޔުމަކުން އެކަން ސާފުކުރައްވަން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އެދިވަޑައިގަތުމުން ސްޕްރީމް ކޯޓުން ބުނެފައިވަނީ މިނިސްޓަރުންނައް ރުހުންދޭ މަރުހަލާގައި އެ ބޭފުޅުންނާ އިންޓަވިއު ނުކުރެވޭނެ ކަމަށެވެ.

އެހެންކަމުން މި މައުލޫމާތު ސާފުކުރުމައް ރައިސް އޮފީހުގައި ދެންނެވުމައް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ހުށަހެޅުމުން މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ވަނީ އެކަމަށް ތާއީދުކޮށްފައެވެ. ކޮމިޓީ ބައްދަލުވުމުގައި އެންމެ ފަހުން ނިންމީ ވަޒީރުންގެ ޕާސްޕޯޓްތަކާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ރައީސް އޮފީހަށް ހުށަހަޅައިގެން އެ މައުލޫމާތު ސާފުވުމުން ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށެވެ.

ކޮމިޓީން މި މައުލޫމާތު ބެލުމުގެ ބޭނުމަކީ މަގާމުތަކަށް އިސްކުރެވުނު ބައެއް ބޭފުޅުންނަކީ މީގެ ކުރިން ރާއްޖެއިން ބޭރުގައި ދިރިއުޅުނު ބޭފުޅުންނަށްވާތީއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: