ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް އަސާސެއްގެ މައްޗަށް ބިނާނުވާ ނިންމެވުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް: ޝިޔާމް

ފޮޓޯ: އަހުމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް އަސާސެއްގެ މައްޗަށް ބިނާނުވާ ނިންމެވުމެއް ވާނީ ރައްޔިތުންނަށް ދެވޭ ވަރަށްބޮޑު އަނިޔާއަކަށް ކަމަށް ފިޝަރީސް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވައި ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީ އަދި ޑިމޮކްރެކްޓްސްއިން ވަނީ ނިންމާފައެވެ. އެކަމާއި ގުޅިގެން މަޖިލިސް ތެރެ ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. އަދި މި މައްސަލާގައި ދައުލަތުގެ ވަޒީރުންދަނީ ސޯޝަލް މީޑިއާގައި އެކަމަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ފިޝަރީސް މިނިސްޓަރ އެކްސް ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަކީ ޒިންމާދާރު ކަމާއެކީ ޤައުމީ މަސްލަހަތު އިސްކޮށް މުހިއްމު ކަންކަމުގައި ގޮތްނިންމާ ބާރަކަށް ވާންޖެހޭ ކަމަށެވެ.

ޑިމޮކްރެސީގެ ރީތި މަގުން ރައްޔިތުން އިންތިޚާބުކުރާ ވެރިޔަކު އެކުލަވާލާ ވަޒީރުންގެ މަޖިލީހަކީ ރައްޔިތުން ޚިޔާރުކުރެއްވި މެނިފެސްޓޯ ތަންފީޒުކުރައްވަން އެވެރިއެއް އިޚްތިޔާރުކުރެއްވި ބަޔެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް އަސާސެއްގެ މައްޗަށް ބިނާނުވާ ނިންމެވުމެއް ވާނީ ރައްޔިތުންނަށް ދެވޭ ވަރަށްބޮޑު އަނިޔާއަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  

ވަޒީރުންނަށް ރުހުން ނުދިނުމަށް ޑިމޮކްރެޓްސް އަދި އެމްޑީޕީން ނިންމުމާއި ގުޅިގެން ޕާޓީ ޕީޕީއެމް/ ޕީއެންސީން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެެރެފައެވެ. އަދި ސަރުކާރެއްގެ ސިޔާސަތު ތަންފީޒުކުރުމަށް އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމުގައި ވަނީ ބުނެފައެވެ.

އެމްޑީޕީން ރުހުން ނުދޭން ނިންމާފައިވަނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީ އާއި ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު އާއި ބަންޑާރަނައިބު އަހުމަދު އުޝާމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދުއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: