ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްޑީސީއަކީ ޓެކްސް ފައިސާއިން ހިންގާ ތަނެއްގެ ބަދަލުގައި ކުންފުންޏަށް ލިބޭ ފައިސާއިން ހިންގާ ތަނަކަށް ހަދާނަން: ހަމްދާން

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލު.
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހި ދިރިއުޅުން ކޯރަޕަރޭޝަން (އެފްޑީސީ) އަކީ ޓެކްސް ފައިސާއިން ހިންގާ ތަނެއްގެ ބަދަލުގައި ކުންފުންޏަށް ލިބޭ ފައިސާއިން ހިންގާ ތަނަކަށް ހައްދަވާނެކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލު ވިދާޅުވެއްޖެއެވެ.

ސަރުކާރު ބަދަލުވުމުގެ ސަބަބުން އެފްޑީސީގެ ހިންގުމަށް އެއްވެސް ކަހަލަ ބަދަލެއް އައިސްފައިވޭތޯ ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ސުވާލުކުރުމުން ހަމްދާން ވިދާޅުވީ ކުދި ކުދި ބަދަލުތަކެއް އައިސްފައިވާކަމަށާއި، އެ ބަދަލުތަކުގެ ބޭނުމަކީ ސަރުކާރާއިއެކު ބޯހިޔާވަހިކަމަށް އަންނަ ސިޔާސަތުގެ ބަދަލުތައް ތަންފީޒު ކުރުންކަމަށެވެ.

މީގެ ޒަމާންތަކެއް ކުރިން އޮތް ގޮތާއި ހިލާފަށް މިހާރު ފްލެޓުގެ އިތުރުން ގޯތި ދިން ނަމަވެސް އެއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމަށާއި، އެހެންކަމުން އެފްޑީސީގެ ހިންގުމަށް އައި ބަދަލާއިއެކު ގޯތި ލިބުން ފަރާތްތަކަށްވެސް ދެން އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ހަމްދާން ވިދާޅުވިއެވެ. އެގޮތުން ގޯތި ލިބުނަސް އެތައް ތަރައްގީކޮށް، ކަންކަން ކުރުމުގެ މާލީ ފުދުންތެރިކަން ނެތް ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

އެހެންވީމަ އަޅުގަނޑުމެން މިހާރު މިދަނީ އެ ވައުދު ފުއްދަން މަސައްކަތް ކުރަމުން، އެކަމަށް ހައްލެއް ހޯދާ، އެކަމަށް ޕްރޮޑަކްޓެއް އުފައްދަން މިހާރު މި މަސައްކަތް ކުރަނީ.

އެއް މަސައްކަތްތަކެއް ކުރުމަށްޓަކައި ތަފާތު އެކި ނަންނަމުގައި ސަރުކާރުތަކުން ކުންފުނިތައް އުފައްދާއިރު ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ކުރާ މަސައްކަތުގެ ދަށުންވެސް އެފަދަ ކުންފުނިތައް ހުރުމުން، މެންޑޭޓުގައި ފުށު އެރުންތަކެއް އެބަހުރިތޯ ސުވާލުކުރުމުން ހަމްދާން ވިދާޅުވީ އެފްޑީސީގައި ކުރެވެނީ ފައިނޭންސިން އާއި ގުޅުން ހުރި މަސައްކަތްތަކުގައިކަމަށެވެ.

އަރބަންކޯފަދަ ކުންފުނިތަކާއި އެފްޑީސީއާއި ހުރި ތަފާތަކީ ސިޓީ ތަރައްގީކުރާނެ އަރބަން ޕްލޭންސްތައް ނުކުރުންކަމަށް ފާހަގަކޮށް ހަމްދާން ވިދާޅުވީ އަރބަންކޯއަކީ ސިޓީ ލެވެލްގައި މަސައްކަތް ކުރާ ކުންފުންޏެއްކަމަށާއި ނަމަވެސް އެފްޑީސީއަކީ އެ ސްކޭލްގައި މަސައްކަތް ކުރާ ކުންފުންޏެއް ނޫންކަމަށެވެ.

މި ދެންނެވިހެން އަރބަން ޕްލޭނިންއަށް ނުވަދެ، ދެން ކުރަން ހުރި ކަންކަން އަޅުގަނޑުމެން ކުރާނީ. އެހެންވީމަ މެންޑޭޓަށް ބަލައިފިއްޔާ ސްކޭލަށް ބަލައިފަ ވަރަށް ބޮޑެތި ތަފާތުތަކެއް ހުންނާނެ.

މީގެ އިތުރުން ހަމްދާން ވިދާޅުވީ އެފްޑީސީ ހިންގަމުން އައީ ސަރުކާރުގެ ފައިނޭންސިން އާއިއެކު ނަމަވެސް، އޭނާ ގަބޫލު ކުރާ ގޮތުގައި އެ ނޫން ގޮތަކަށް އެ ކުންފުނި ހިންގޭނެކަމަށެވެ. ރާއްޖޭގެ މާކެޓުގައި ގިނަ ފުރުސަތުތައް އެބަހުރިކަމަށް ވިދާޅުވިއެވެ. އެންމެ ކަމަކަށް އަމާޒު ހިފައިގެން ކުންފުނި ހިންގުމުގެ ސަބަބުން ލިބެން ޖެހޭ ފުރިހަމަ ފައިދާ ނުލިބޭކަމަށާއި، އެހެންކަމުން ކުންފުންޏަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދާނެކަމަށް ވިދާޅުވިއެވެ. އަދި އެފްޑީސީއަކީ ޓެކްސް ފައިސާއިން ހިންގާ ކުންފުންޏެއްގެ ބަދަލުގައި، ކުންފުންޏަށް ލިބޭ ފައިސާއިން ހިންގާ ތަނަކަށް ހައްދަވާނެކަމަށް ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ ކުންފުނި އޮތް ހާލަތު ދެނެގަތުމަށްޓަކައި އޮޑިޓެއް ހެދުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: