ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރައްވާނެކަން ހާމަކޮށްފި

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކޮނޮލޮޖީ ވަޒީރު އަލީ އިހުސާން.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރައްވާނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކޮނޮލޮޖީ ވަޒީރު އަލީ އިހުސާން މިއަދު އިއުލާނު ކުރައްވައިފިއެވެ.

ހޯމް ޓީމްގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރާނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިންކަމަށެވެ. މިހާރުގެ ސަރުކާރުން ނިންމާފައި އޮތީ މަރުގެ ހުކުމް ތަންފީޒުކުރުމަށްކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބައެއް ކުށްތަަކަށް މަރުގެ އަދަބު ކަނޑައަޅާފައިވެއެވެ. އެހެން ނަމަވެސް ފަހުގެ ތާރީހެއްގައި މަރުގެ އަދަބެއް އެއްވެސް މީހަކަށް ދީފައި ނުވެއެވެ. އެންމެ ފަހުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރީ 1953 ވަނަ އަހަރުއެވެ.

މަރުގެ އަދަބު ދޭން އަލުން ފަށާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ނަމަވެސް އެމަނިކުފާނުގެ ވެރިކަންވެސް ނިމިގެން ދިޔައީ މަރުގެ އަދަބު ތަންފީޒު ނުކުރެވިއެވެ. އަދި އޭރު މަރުގެ އަދަބު ދޭނެ ގޮތްތަކާއި މެދު ހޫނު ބަހުސްތަކެއް ވެސް ދިޔައެވެ. ރައީސް ޔާމީން އޭރު ނިންމެވީ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުމަށެވެ. އަދި އެކަން ތަންފީޒު ކުރުމަށް މާފުށީ ޖަލުުގައި ވަކި ތަނެއް ވެސް ގާއިމް ކުރިއެވެ.

ކުރީ ސަރުކާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެކަމަށް ބުނެ ދައްކާފައި ވަނީ ސިޔާސީ ވާހަކަތަކެއްކަމަށެވެ. އަދި އޭރު އިމްރާން ވަނީ މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަމަށް ވިދާޅުވެފައެވެ.

މަރުގެ ހުކުމް ތަންފީޒު ކުރަންޖެހޭ 4 މީހަކު މިވަގުތު ރާއްޖޭގައި އެބަ ތިއްބެވެ.

ވަރަށް ގަދަ
89%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: