ފުށި ދިއްގަރު ފަޅުގައި ހިންގުމަށް ކަނޑައެޅިފައިވާ މަޝްރޫޢުއަށް ސަރުކާރުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެކަމަށް އާބަންކޯގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ވިދާޅުވެއްޖެއެވެ.
ފުށިދިއްގަރު ފަޅު ހިއްކުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނިފައިނުވާކަމަށް ބުނެ ގިނަ އަދަދެއްގެ މީހުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ފަޒުލްވަނީ އެ ވާހަކަތަކަށް ޖަވާބު ދެއްވާފައެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތްތައް ކުރުމުގައި ހުރިހާވެސް ޒިންމާއެއް ނަގާ ފަރާތަކީ ކޮންޓްރެކްޓް އާއި ހަވާލުވާ ފަރާތްކަމަށެވެ. ފަޒުލް ވިދާޅުވީ އެ މަސައްކަތްތައް ކުރުމަށް އާބަންކޯއިން ލޯލާރިއެއްވެސް ހަރަދު ނުކުރާނެކަމަށެވެ.
ފަޒުލް ވިދާޅުވީ، ކޮންޓްރެކްޓަރުން ބިން ހިއްކުމުގެ މަސައްކަތްތައް ނިންމާލުމަށްފަހު ސަރުކާރާއި އެ ބިން ހަވާލުކުރަންވީކަމަށެވެ. އަދި އެ ބިމުންނާއި ހުޅުމާލެއިން ކޮންޓްރެކްޓަރަށް 10 ހެކްޓަރުގެ ބިން ދިނުމުން އެ ތަން ވިއްކާލުމުން މުޅި މަސައްކަތްތަކަށްވާ ޖުމުލަ ފައިސާ ހަމަޖެހިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އާބަންކޯގެ ބެލުމުގެ ދަށުގައި އޮތް 10 ހެކްޓަރުގެ އެކެޓެއް ކޮންޓްރެކްޓަރަށް ދިނުމަށް ކަނޑައެޅިފައިވެއެވެ. އޭނާ ވިދާޅުވީ، އެއީ 1093 ހެކްޓަރު ހިއްކުމުގެ ގޮތުން ދޭ ބިންކަމަށާއި އެހެންކަމުން ދޫކޮށްލާ ބިމަށްވުރެ ބޮޑު ބިމެއް ލިބިގެންދާކަމަށް ފަޒުލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ޑރ މުއިއްޒުގެ ވައުދުވެވަޑައިގެންނެވި ގޮތުގެ މަތިން 65000 ހައުސިންގް ޔުނިޓު ގާއިމުކުރުމަށްޓަކައި ލިބެނީ 1093 ހެކްޓަރު ބިންކަމަށެވެ. އޭނާ ވިދާޅުވީ އެހެންނަމަވެސް އެ ބިން ހޯދުމަށް ދޭ އަގަކީ 10 ހެކްޓަރު ބިންކަމަށްވެސް އޭނާ އަލިއެޅުއްވިއެވެ.


2 Responses
ރަސްމާ ލޭން 99 އަހަރަށް ދޭ ބިމާއި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން ދިނުމަށް އެއްބަސްވެފައި ވެއެވެ. މިއީތަ މިބުނާ ހަރަދު ނުވާނެ ވާހަކައަކީ ރައްޔިތުން ދަރާ ވިކި މިނިވަންކަން ގެއްލެނީ
ރަސްމާ ލޭން 99 އަހަރަށް ދޭ ބިމާއި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން ދިނުމަށް އެއްބަސްވެފައި ވެއެވެ. މިއީތަ މިބުނާ ހަރަދު ނުވާނެ ވާހަކައަކީ ރައްޔިތުން ދަރާ ވިކި މިނިވަންކަން ގެއްލެނީ