ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓް ބްލޮކް ކުރުމުން ޑިމޮކްރެޓްސްގެ ކަންބޮޑުވުން!

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ފާޑުކިއުން އަމާޒުކުރާ ދެ ވެބްސައިޓެއް ބްލޮކް ކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުންކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފި އެވެ.

”ދިޔަވަރު.ކޮމް“ އާއި ”ކުރުސީ.ކޮމް“ ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި، ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުކިޔައި ބައެއް ތުހުމަތުތައް ވެސް އަމާޒު ކުރާ މި ދެ ވެބްސައިޓު ބްލޮކް ކުރިކަން މީޑިއާތަކުން ރިޕޯޓު ކުރީ ރޭގެ ވަގުތެއްގަ އެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ ސިޔާސަތުތަކަށް ފާޑުކިއުން އަމާޒުކޮށް ރިޕޯޓުތައް ގެންނަ ދެ ވެބްސައިޓެއް ބްލޮކް ކުރީ ރޭގެ ވަގުތެއްގަ އެވެ.

މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުންކަމަށާއި، ކަންކަމުގައި އެ މީހެއްގެ ވިސްނުން ހުންނަ ގޮތް ހާމަކުރެވޭނެކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. އަދި ބްލޮކް ކުރީ ރެޖިސްޓްރީ ނުކޮށް ހިންގަމުން އައި ވެބްސައިޓުތަކެއްކަމަށް ސަރުކާރުން ބުނެފައިވާތީ އެކަމަށް ވެސް ދަނީ ފާޑުކިއުން އަމާޒުވަމުންނެވެ.

ވެބްސައިޓު ބްލޮކް ކުރި މައްސަލައިގައި ބަޔާނެއް އާންމުކޮށް ޑިމޮކްރެޓްސްއިން ބުނީ ވެބްސައިޓަށް ނުވަދެވޭ ގޮތް ހެދީ ކޮން ސަބަބަކާއި ހުރެކަން ސަރުކާރުން ސާފުކޮށްދީފައި ނުވާތީ ކަންބޮޑުވާކަމަށެވެ. އެ ޕާޓީގެ ނަޒަރުގައި މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭ އަދި އިންޓަނެޓް ސެންސާޝިޕްގެ އަމަލެއްކަމަށް ބަޔާނުގައި ވެއެވެ.

ޕާޓީން ބުނެފައި ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ދީފައިވާ ހުރިހާ ހައްގުތަކާއި މިނިވަންކަމެއްގެ މުގުލުގައިވާ ބާރެއްކަމަށާއި އެ ހައްގު އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ދޭން ސަރުކާރަށް ގޮވާލާ ކަމަށެވެ.

ވެބްސައިޓުތައް ބްލޮކް ކުރި މައްސަލައިގައި ސަރުކާރުގެ ޗީފް ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ހިންގާ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއްގެ އަޑުކަނޑުވާލައި ސަރުކާރުން ބްލޮކް ނުކުރާނެ ކަމަށެވެ.

ރޭގައި ބްލޮކް ކުރި ދެ ވެބްސައިޓަކީ ރެޖިސްޓްރީކޮށްގެން ހިންގަމުން އައި ނޫހެއް ނޫނެވެ. ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއްކަމަށް ވާ އެކްސްގައި އެ ވެބްސައިޓުގެ ހަބަރުތައް ވަރަށް ބޮޑަށް ދައުރުވެ އެވެ. އަދި ވެބްސައިޓު ބްލޮކް ކުރީ އެ ސަބަބާއި ހުރެކަމަށް ބެލެވެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 30%ވަރަށް ދެރަ 70%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: