ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންއެފް އައީ އޮރިޖިނަލް ގޮތުގައި ޔާމީން ރާއްޖެއާ ދޭތެރޭގައި ދެކޭ ގޮތް ދިރުވަން: ހުސައިން

މާލެ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު - ވަގުތު އިމޭޖްސް: އާދިން މޫސާ ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެދިގެން އައިސްފައި ވަނީ ކުރީގައި އޮތް ފިކުރު އޭގެ އަސްލު އޮތްގޮތަށް އޮރިޖިނަލް ކަންމަތީގައި ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

ޕީއެންއެފްއިން ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ރައީސް ޔާމީން ވިސްނުންފުޅާއި އެމަނިކުފާނު ރާއްޖެއާ ދޭތެރޭގައި ދެކޭ ގޮތް އެއްކޮށް އަލުން ދިރުވަން އުފައްދާފައިވާ ޕާޓީ އަކީ ޕީއެންއެފް ކަމަށެވެ.

އޭނާ ވިދާޅުވީވއޭނާ ހުންނާނީ އޭނާ ގަބޫލު ކުރާ ވިސްނުމާއި ހިޔާލާތުގެ ތެރޭގައި ކަަމަށެވެ. އަދި އޭނާ އަބަދުވެސް ދެކެެނީ ރާއްޖޭގެ ތަރައްގީއަކީ ކުރިއާ މިހާރާއި ދޭތެރޭގައި ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް އޮންނަން ޖެހޭ ކަންތައްތަކެއް ކަަމަށް އޭނާ ވިދާޅުވިއެވެ.

ހުސެއިން ވަހީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ކޮންމެ ފަސް އަހަރަކުން އެއްފަހަަރު ރާއްޖެއަށް ވެރިއަކު ހޮވާ ކަމަށާއި އެހެންނަމަވެސް ސަރުކާރު މިނެކިރަން ނޭންގޭ ކަމަށެވެ. އަދި  އަބަދުވެސް ސިޔާސީ ވާހަކައެއް ދައްކާ ކަމަށާއި، އަދި ކޮންމެ މީހަކުވެސް އައިސް ސަރުކާރު ގޯސް ކަމަށް ބުނާކަމަށެވެ. އެހެންނަމަވެސް އެ ބޭފުޅަކުވެސް އައިސް ހޮވުމަށް  ރައްޔިތު މީހާ ގާތު އެދޭ ކަމަށް ވިދާޅުވެއެވެ.

އޭނާ ވިދާޅުވިގޮތުގައި 2013 އިން 2018އަށް ރައީސް ޔާމީން ވެރިކަން ކުރެއްވިއިރު، އޭގެ ކުރިން ހޭދަކުރި 35 އަހަރު ނުވަތަ 40 އަހަރާއި ދޭތެރޭގައި ކުރެވިދިޔަ މަސައްކަތާއި ނުބައްދަލު މަސައްކަތެއް ފަސް އަހަރު ތެރޭގައި ކޮށްފައި ވެއެވެ.

ރައްޔިތުން އެއަށްވުރެ ބޮޑު މިސްޓޭކެއް ނުހަދާ ކަމަށާއި، އުއްމީދުކުރީ އެކަމަކު ޖެހިގެން އައި ފަސް އަހަރު ރަނގަޅު ހިދުމަތްތަކެއް ފެނިގެން ދިއުން ނަމަވެސް އެ މަންޒަރުވެސް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނުފެނުމުގެ ސަބަބުން ވޭތުކުރި ފަސް އަހަރު ތިބެން ޖެހުނީ، ޒަމާނެއްގެ ކޮޅުންވެސް ދިވެހިން ނުދެކޭހާ ދަތި އުނދަގޫ ހާލަތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: