ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުތައް ދެލިކުރެވިފައިވަނީ އެންމެ މޮޅަށް؛ ރައްޔިތުން ތިބީ ތަންފީޒު ކުރެވޭނެ ފަތިހެއްގެ އިންތިޒާރުގައި!

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އަމަލުކުރަމުން މިދާ ފެހި ގާނޫނު އަސާސީއަށް 15 އަހަރު ފުރި ދުވަސް ގުނަމުން ދާއިރު ގާނޫނު އަސާސީ އަކީ އެތައް ރައްޔިތަކު އޭރު ޝަރުއީ ނިޒާމުގެ ތެރެއިން ކަންކަން އިސްލާހު ކުރެވޭނެ ކަމަށް ދެކުނު އުއްމީދުގެ އައްޔެކެވެ. އަދި ގާނޫނު އަސާސިގެ ދަށުން އައި އެތަކެއް ގާނޫނު ތަކުގެ ތެރެއިން ޖިނާއީ އިޖުރާއަތުގެ ގާނޫނަކީވެސް ޖިނާއީ އަދުލުގެ ނިޒާމް ފައްކާކުރުމަށް ޓަކައި ވުޖޫދު ކުރެވުނު މުހިންމު އެއް ގާނޫނެވެ. ގާނޫނު ތަކުގެ ފުރިހަމަ ކަމުގެ ވާހަކައަކީ މިއަދާ ހަމަހަށް އައިއިރު ޝަރުއީ ދާއިރާގެ އެތައް ފަންނީ ބޭފުޅުންނެއް ދައްކަމުން އައި ވާހަކައެވެ.

މިވާހަކަ ދެއްކުމުން އުފެދޭ ސުވާލަކީ މިހާ ފުރިހަމަ ގާނޫނުތަކެއް ދެލި ކުރެވުފައިވާއިރު ޝަރުއީ ނިޒާމަށް އެ ފުރިހަމަކަން ނާންނަނީ ކީއްވެތޯއެވެ. ގާނޫނުތަށް އިސްލާހުކުރެވި ދުނިޔޭގެ ފެންވަރުގެ އެތަށް ގަނޫނުތަކެއް ހުރި އިރު އެ ގާނޫނުތަށް ތަންފީޒު ކުރުމަށްޓަކައި މިއަދު މި ކުޑަ ރާއްޖެއަށް ބޭނުންވަނީ އަމަލީ ގޮތުން އެ މަސައްކަތް ފެށުމަށްޓަކައި ތަނަވަސް މާއުލެއް ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެއް އަތް ޖެހިޔަސް އަޑު ނުކިޔާނެއޭ ބުނާ އުސޫލުން އަދި ކިތަންމެ ފުރިހަމަ ދުނިޔޭގެ ގައުމީ ފެންވަރުގެ ގާނޫނުތަކެއް ހުރުމުން ޝަރުއީ ނިޒާމަށް ދިމާވެފައިވާ ދަތި ހައްލު ވީއެއްނޫނެވެ. އެހެންނަމަވެސް ޝަރުއީ ނިޒާމުގެ ތެރޭގައި ބޮއްސުން ލާފައިވާ ކަންކަން ގާނޫނަކުން ބަލައިގެން އެއަށް އަމަލުކޮށް ގާނޫނުތަށް ތަންފީޒު ކުރެވޭނެ ގޮތެއް އޮތްނަމަ ފުރިހަމަ ގާނޫނައި އެއްވަރަށް ޝަރުއީ ނިޒާމުންވެސް އެ ފުރިހަމަކަން ފެނިގެންދާނެއެވެ.

ޝަރުއީ ނިޒާމެއް ފައްކާ ކުރުމަށްޓަކައި ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގެ ދުވަސްވަރު ގެނެވުމުން އުމްރާނީ ތަރައްގީތަކުގެ އިތުރުން މިއަދު ދިވެހިރާއްޖޭގެ ކޯޓުތަކުން އިތުރު ތަރައްގީއެއް ފެނިގެން ނުދެއެވެ. ދިވެހިރާއްޖެގެ ކޯޓު ތަކަކީ އެތަނެއްގައި ގާނޫނުތަށް ތަންފީޒު ކުރެވި ބޮއްސުން ލާފައިވާ ނިޒާމު ފައްކާކުރުމަށްޓަކައި ބިނާކޮށްފައިވާ މުހިންމު ތަންތަނެެވެ.  އެތަށް ވެރިންނެއް ވެރިކަން ކޮށް ފައިބައިގެން ދިޔަ މަވްޒަރު ދިވެހި ރައްޔިތުން ދެކެފިއެވެ. އެތައް ސަރުކާރަކުން ބޮޑެތި ބިޔަ މަޝްރޫއު ތަކެއް ކުރިއަށް ގެންގޮސް ނިންމާ މަންޒަރުވެސް ދެކެފިއެވެ. އެހެންނަމަވެސް ޝަރުއީ ދާއިރާގެ ކަންކަން އިސްލާހު ކުރުމަށްޓަކައި ގާނޫނުތައް އިސްލާހުކުރުން ނޫން ކަމެއް ކުރެވޭ މަންޒަރެއް ފެނިގެން ނުދެއެވެ.

ކޯޓު ތަކުގެ ހާލަތުގެ ވާހަކަ ދައްކާއިރު ވިއްސާރަ ދުވަހެއްނަމަ ޝަރީއަތްތައް ކުރިއަށް ނުގެންދެއެވެ. ޗިޓު ފޮނުވުމަށް ދެލި ނެތް އިރު ޖާގައިގެ ދަތިކަމުގެ ސަބަބުން ދަންފަޅި ބަހައިގެން ޝަރީއަތްތަށް ކުރިއަށް ގެންދާ ކޯޓުތައްވެސް މަދެއް ނޫނެވެ. 2016 ވަނަ އަހަރު ވުޖޫކުރެވި 2017 ވަނަ އަހަރު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޝަރީއަތްތައް އަވަސް ކުރުމަށް ޖާގަދޭ ގާނޫނެކެވެ. އަދި އެ ގަނޫނު ތަސައްވަރު ކުރަނީވެސް ކޯޓުތަކުގައި ޝަރީއަތް ހަލުވި ކަމާއެކު ކުރިއަށް ގެންދެވޭ ކަމެވެ.

ކޯޓުތަކުގެ ހާލަތު މިއަދު ދައްކުވައިދޭ ހަގީގަތަކީ ޝަރުއީ ނިޒާމުގައި ކަންކަން ބޮއްސުންލާ އެކަމަށް އަޅާނުލާ އޮތް މަންޒަރެވެ. ކުރިން ދެންނެވި މޮޅު ގަނޫނުތަށް ތަންފީޒު ކުރުމަށް އެތައް ރައްޔިތުންނެއްގެެ ހައްގުތަށް ރައްކާތެރި ކުރުމަށް ހުރި ކޯޓުތަށް މިއަދު އެ ގަނޫނުތަށް ތަންފީޒު ކުރުމަށް ހުރަސް އެޅުމަކީ އެކަމާއެދު ކަން ބޮޑުވާން ޖެހޭ ކަމެކެވެ. މިއަދު އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ ކަމަކީ ރާއްޖޭގެ ކޯޓުތަކުގެ ހާލަތު ފެންނަ ހާލަތަށް ވުރެ “ފުރިހަމަ” ކަމަކަށް ގެނައުން ކަމަށް ވާއިރު އެކަމަށް އެކަމާމެދު ބަސް ބުނަނީވެސް މަދު ފަރާތެކެވެ.

ގާނޫނުތަށް މިއަދު ފެންނަނީ ހަމަ އެކަނި ކަޅު ދެއްޔަކުން ކަރުދާހުގައިވާ މަންޒަރު ކަމަށް ވާއިރު ދައުލަތުގެ ވަސީލަތުގެ ދަތިކަމުގެ ސަބަބުން ރައްޔޮތުންނާއި ހިސާބަށް އެ ގާނޫނުތަށް ވާސިލް ވުމަށް ޖާގަ ހަނިވެގެން ވަނީގޮސްފައެވެ. އަދި ހަމަ އެކަނި ދިމާވާ މައްސަލައަކީ މި ނޫން ނަމަވެސް އެންމެން ބޭނުން ވެގެން ގެނެއި މިނިޒާމުގައި ހަލާކުވެފައިވާ ގާނޫނުތަކެއްވެސް ހުރި ކަމަށް ފަންނީ ބޭފުޅުން ގަބޫލުކުރައްވައެވެ.

މުޖުތަމައުއެއް ބިނާ ކުރުމަށް އެންމެ މުހިންމު އެއް ކަމަކީ އެތަނެއްގައި ހެދިފައިވާ ގާނޫނުތަކާއި ގަވައިދު ތަކާއި އުސޫލުތަށް ކަމަށް ވާއިރު އެކަންކަން ބޮއްސުން ލާފައި ހުރުމަކީ މިއަުދު ރައްޔިތުންވެސް އެކަމަށް ނިހާޔަތަށް ކަންބޮޑުވާކަމެކެވެ. ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ހައްގުތަކެއް ލިބިދޭއިރު ކުށެއް ކޮށް ނުވަތަ ކުށެއް ކުރުމުގެ ތުހުމަތުގައި ހުންނަ މީހާއަށް ވެސް ހައްގުތަކެއް ލިބިދީފައި ވެއެވެ. ރަނގަޅު ގާނޫނު ތަކެއްގެ ވާހަކަ ދެކެވުނު ނަމަވެސް އެ ގާނޫނުތައް ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު ތަނަކީ ކޯޓު ތަކެވެ. ޝަރުއީ ނިޒާމް ފައްކާވެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ވާނެ ކަމަށް އެތައް ބަޔަކު އުންމީދު ހުޅު ދިއްލާފައިވަނީ މީގެ އެތައް އަހަރެއް ކުރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: