ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރާ ބަންދު ވާނުވާއެއް ނޫން، ނަމަވެސް ޝަރީތް ކުރެވޭނެ ދުވަހެއް ނޭނގޭ!

ކުށުގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްގެން ގެންދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވާނުވާ ބަންދެއްގެ ވާހަކަކީ ޝަރުއީ ނިޒާމް ނުވަތަ ޖިނާއީ އަދުލުގެ ނިޒާމުގައި އެންމެ ގިނައިން ދެކެވޭ އެއްވާހަކައެވެ. ވާނުވާ ބަންދަކީ ގާނޫނަށް ބީރަށްޓެހި ބަހެއް ނަަމަވެސް ޝަރުއީ ދާއިރާގައި އެންމެ ބޮޑު އެއް މަސަލަ އަކީ މީހުންނަށް ވާނުވާ ޖެހުމެވެ. ގާނޫނު ދަންނަ ބަހުން ބުނާ ނަމަ ބަންދަކީ މީހެއްގެ ޝަރީއަތް ފެށެންދެން އެމީހަކު ބަންދުކޮށްފައި ބެހެއްޓުމެވެ. އެހެން ނަމަވެސް މިގޮތަށް ބަންދު ކޮށްފައި ތިބޭ މީހުންގެ ޝަރީއަތްތަށް ދިގުލައިގެން ގޮތް ފެށޭނެ ދުވަހެއް ނޭންގި ވާނުވާގެ ތެރެއަށް ދެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުން ނަމަ ޝަރީއަތް ފެށޭނެ ދުވަހަކާއި ނިމޭނެ ދުވަހެއް އޮންނަން ޖެހެއެވެ. ނުވަތަ އެ ގާނޫނު ބުނާގޮތުން ނަމަ މީހެއްގެ ބަންދެއް ވާނުވާ ވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެހެން ނަމަވެސް ގާނޫނުގައި ފުރިހަމަ ކުރަންޖެހޭ ވަކި އިޖުރާއަތުތަކެއް ހުރި ކަމުގައި ވީނަމަވެސް އެކަން އެހެން އަމަލީ ގޮތުން ވެގެން ނުދެއެވެ.

ވާނުވާ ބަންދު ނައްތާލުމަށްޓަކައި ކުރި މަސަަަތްކަތުގެ ތެރޭގައި ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖާ ކުރުމަށް ގާނޫނަށް އިސްލާހެއް ގެނައެވެ. އެކަމަކު ކަންކަން ކުރަނީ ގާނޫނީ އިމުގެތެރެއިންކަމަށް ބުނުމަށް ކުރާ މަސައްކަތެއް ފަދައިން އެކަން ވެސް ކުރިއެވެ. ނަމަވެސް ކިތައްމެ ވަރަކަށް ބަންދު މުރާޖާ ކުރި ނަމަވެސް އެބުނާ “ވާނުވާ ދަންނަ” ޝަރީއަތްތައް ހުރީ ހަމަ ހުރި ތަނުގައި ކުރިއަށް ނުގިސް ތާށި ވެފައެވެ. އަނެއްކާވެސް ހަމަ އައިސް ޖެހުނީ ކުރިން ދެންންވި ވާނުވާގައެވެ.

ގާނޫނަށް އިސްލާހު ގެނައުމަކީ ވަރަސް ގިނައިން ކުރާ ކަމެކެވެ. އަދި ހާއްސަކޮށް  ބޭރު ގައުމުތަކުގައި ކަންކުރާ އިސޫލު ކަމަށް ބުނެ މޮޅު ގާނޫނުތަށް ގެނެސް އެކަންކަން ޕްރެކްޓިސް ކުރަން އުޅެއެވެ. އެހެން ނަމަވެސް އެބުނާ ދައުލަތުގެ ވަސީލަތާއި ގަލަމުގެ ދެއްޔާއި ކޯޓުގެ ފުރާޅު ރަނގަޅު ނުކޮށް މިކަން ވާން ނެތްކަން އެނގެނީވެސް ބޭރުގެ ގާނޫނުތައް ތަންފީޒު ކުރަން އުޅުމުގެ ތެރޭގައެވެ. ދެން ލިބޭނެ ޖަވާބަކީ ޝަރީއަތް ކުރިއަށް ގެންދަން ކޯޓުގެ ވަސީލަތް ނެތް ވާހަކައެވެ.

ވާނުވާގައި ތިބި މީހުންގެ ޝަރިއަތްތައް ކުރިއަށް ނުދާހާ ހިނދަކު ވާނުވާ ނެތްކަމަށް ނިންމި ދާނެ ތޯ މިއީ އުފެދޭ ސުވާލެކެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަސައްވަރު ކުރާ ގޮތަށް ކަން ހިނގާނަމަ ވާނުވާ ނެތް ކަމަށް ނިންމި ދާނެއެވެ. އެހެން ނަމަވެސް ޝަރީއަތްތައްވެސް ހުރީ ހަމަ ހުރި ހިސާބުގައި މަޑުޖެހިފައެވެ. ޖިނާއީ އަދުލުގެ ނިޒާމުވެސް އޮތީ ނޭވާ ހޮޅީގައެވެ.

ކޯޓު ތަކުގައި ޝަރީއަތް ހިނގޭ ވަރަށްވުރެ ހާލަތު ހުރީ މާ ދަށް ފެންވަރެއްގައެވެ. ވާރޭވެހޭ ނަމަ ޝަރިއަތްތައް މެދުކަނޑާލައިފައި އުޅެން ޖެހެނީ ކޯޓުގެ ވަސީލަތްތަށް ފެނުން ސަލާމަތް ކުރެވޭނެ ގޮތެއް ހޯދުމަށެވެ. ރާއްޖޭގައި އެންމެ ގިނަ ޖިނާއީ ޝަރީއަތްތަށް ބބަލާ ކޯޓަކީ ކްރިމިނަލް ކޯޓު ކަމަށް ވާއިރު އެ ކޯޓު އޮތީ ޝަރީއަތްތަށް ނުހިންގި މަޑުޖެހުމަކަށް އައިސްފައެވެ. އޭކަމުން ދޭހަވަނީ ދިވެހި ރާއްޖެގައި ވެރިކަން ކުރަ މައި ރަށް މާލޭގެ ޖިނާއީ އަދުލުގެ ނިޒާމު ހުއްޓުމަކަށް އައިސްފައިވާ މަންޒަރެވެ.

ދުވަހުން ދުވަހަށް ކުށް ކުރާ މިންވަރު އިތުރުވެ ކޯޓު ތަކަށް ބެކްލޮގް ބޮޑު ވެގެން ދެއެވެ. 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު މައްސަލަތއް ބެލުނު އިންސައްތައަށް ބެލި ނަމަވެސް އެ އަދަދު ވަނީ ދަށް ވެފައެވެ. ދުވަހުން ދުވަހަށް މައްސަލަތައް ބެލޭ މިންވަރު ދަށްވެ ޝަރުއީ ނިޒާމު ދަނީ ބޮއްސުންލަމުންނެވެ. އަދުލު އިންސާފުގެ ނިޒާމު ގާއިމު ކުރުމަށްޓަކައި އިންނަ ބާރުގެ ހުރިާ ކަމެއް ކޯޓުތަކާއި ހަވާލުކޮށްފައި ވާއިރު މިހާރު އެ ނިޒާމު ފެންނަނީ ޕެރެލައިޒް ވަމުން އަންނަ މަންޒަރެެވެ. މިއަދު ރައްޔިތުންގެ ހައްގުތަކަކީ ކަށަވަރު ކުރެވެން ޖެހޭ އެއްޗެއް ކަމަށް ގާނޫނު ބުނި ނަމަވެސް އެކަން އަމަލުން ފެނިގެން ނުދެއެވެ. އަދި ގާނޫނުގައި އެންމެނަކީ އެއްހަމައަކުން ކަންކުރެވޭ ބައެއް ކަމަށް އިތް ނަމަ އެކަންްވެސް ނުކުރެވެއެވެ. މިއަދު ހަގީގަތަކީ ގާނޫގައި ދެލިކުރެވިފައިވާ ގޮތަށް ޝަރުއީ ނިޒާމް ކުރިއަށް ނުދިއުމެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނެތުމަކީ މިއަދު ބައެއްގެ ހައްގުތަައްވެސް ކަށަވަރު ނުވާންވީ ސަބަބެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: