ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ އެންމެ ފުރިހަމައަށް ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރާ ސަރުކާރު: ޝިޔާމް

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިން، މާފުށި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވާހަކަ ދައްކަވަނީ/ ފޮޓޯ: އަހުޒަމް - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ދަނީ ރާއްޖޭގައި ވަރަށް ފުރިހަމައަށް ލާމަރުކަޒީ ނިޒާމު ތަންފީޒުކުރަމުންކަމަށް މަހާއި ކަނޑުތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ މާލެ ސިޓީ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވާ އައިޝަތު އާޒިމާ ޝަކުރޫގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުންވެސް ލާމަރުކަޒީ ނިޒާމުގެ ވާހަކަދެއްކިކަމަށެވެ. ނަމަވެސް ނަތީޖާއެއް ނެރެދެވިފައި ނުވާކަމަށާއި، ފެނިގެންދިޔައީ އެ ނިޒާމަށް ކޮންޓްރިބިއުޓް ކުރަން ޖެހުމުން ސަރުކާރުން ފަހަތަށް ޖެހެމުންދިޔަ މަންޒަރުކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމު ތަންފީޒުކުރުމަށް ސަރުކާރުން ހުރަސް އެޅިކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ނަމަވެސް މިހާރު އޮތީ ހާލަތު ބަދަލުވެފައިކަމަށް ފާހަގަކޮށް ޝިޔާމް މި ސަރުކާރު ސިފަ ކުރެއްވީ އެންމެ ފުރިހަމައަށް ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރަމުންދާ ވެރިކަމެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އެންމެ ރަނގަޅަށް ހިންގަމުންދިޔަ ކައުންސިލްގެ މޭޔަރަކަށް ހުންނެވި މިހާރުގެ ރައީސުލްޖުމްހުރިޔާ ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ ހުރިހާ ރައްޔިތުން ބޭނުންވާ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ.

އެ ނިޒާމަށް ފައްކާ ބޭފުޅެއް، އެ ނިޒާމަށް ފަރިތަ ބޭފުޅެއް، އެ ނިޒާމަށް ހިނގާނެ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާ، އެކަމުގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެއް މިއަދު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވީ،

ޝިޔާމް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރެވޭނީ ސަރުކާރުގެ ބޮޑު އެއްބާރުލުމަކާއިއެކުކަމަށް ފާހަގަކޮށް، ޝިޔާމް ވިދާޅުވީ ރައީސް ޑރ މުއިއްޒަކީ ލާމަރުކަޒީ ނިޒާމު ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅެއްކަމަށެވެ. ރައީސް ޑރ މުއިއްޒު މަސައްކަތް ކުރައްވަނީ ސަރުކާރާއިއެކު ގުޅިގެން މަސައްކަތް ކުރާނެ ކައުންސިލެއް ގާއިމް ކުރުމަށްކަމަށާއި، އެގޮތުން މާލެ ސިޓީ ކައުންސިލަށް ދެއްވާ އިސްކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރައީސް ޑރ މުއިއްޒާއިމެދު ރައްޔިތުންގެ އުއްމީދުތަކެއް އެބަހުރިކަމަށެވެ. ރައީސް މުއިއްޒަކީ އެމަނިކުފާނު މޭޔަރުކަމުގައި ހުންނެވި އިރު ރައްޔިތުންގެ އިތުބާރު ހޯދަވާފައިވާ ބޭފުޅެއްކަމަށްވެސް ވިދާޅުވިއެވެ. ރައީސް މުއިއްޒަކީ ތަސައްވުރެއް އޮތް ބޭފުޅެއްކަމަށާއި، އެމަނިކުފާނުގެ ތަސައްވުރު ތަންފީޒުކުރެވޭނީ ހުދު އެމަނިކުފާނުގެ ދަރިވަރުންނަށްކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ޝިޔާމް ވިދާޅުވީ އާޒިމާއަކީ އެ ތަންސައްވުރުގައި ކުލަ ޖެއްސޭނެ ކެންޑިޑޭޓުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: