ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިމަރީއަކާއި ނުލައި އެމްޑީޕީގެ ޓިކެޓު ކަށަވަރުކުރި ލިސްޓު އިއުލާނުކޮށްފި!

އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލި ފުރުސަތުގެ ތެރޭގައި އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތައް އެ ޕާޓީއިން އިއުލާނުކޮށްފިއެވެ.

އެމްޑީޕީއިން ވަނީ އެ ޕާޓީގެ މެމްބަރުންގެ ތެރޭގައި މަޖިލީހަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލުމުން އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކުގެ ލިސްޓެއް އާންމުކޮށްފައެވެ. އަދި އެހެންކަމުން އެ ދާއިރާތަކުގެ ޓިކެޓު ޕްރައިމަރީއަކާއި ނުލައި ކާމިޔާބުވެފައިވާކަަމަށްވެސް ބުނެފައިވެއެވެ. އެ ޕާޓީއިން ހިއްސާކޮށްފައިވާ ލިސްޓުގައި ޖުމްލަ ގޮތަކަށް ހިމެނެނީ 37 ދާއިރާއެއްގެ ނަންކަމަަށްވާއިރު، މި ލިސްޓުގައި ކާމިޔާބުކުރި މީހުންގެ ނަންތައްވެސް ހިމަނާފައިވެއެވެ. ލިސްޓުގައި ހިމެނޭ ނަންތަކުގެ ތެރޭގައި މިހާރުވެސް މެމްބަރުންގެ ގޮތުގައި ތިއްބެވި މީހުންވެސް ހިމެނެއެވެ.

ޕްރައިމަރީއަކާއި ނުލައި ޓިކެޓު ކަށަވަރުކުރި މީހުންގެ ލިސްޓު: ފޮޓޯ/ އެމްޑީޕީ

އެ ޕާޓީއިން ބުނެފައިވާގޮތުން އެއް ކެންޑިޑޭޓަށްވުރެ ގިނަ މީހުން ކުރިމަތިލާ ދާއިރާތައް ގައުމީ މަޖިލިހުން ނިންމުމާއި އެއް ގޮތަށް އެކަށައެޅިފައިވާ ވިލަރެސް ކޮމިޓީއިން އިއުލާނުކުރާނެކަމަށާއި އެކަންކުރާނީ ފަހުގެ ތާރީހެއްގައިކަަމަށެވެ. އެމްޑީޕީއިން މީގެ ކުރިން ހިއްސާކޮށްފައިވާގޮތުން އެ ޕާޓީގެ މަޖިލީސް ޕްރައިމަރީ އިންތިހާބު ބޭއްވުމަށް ރާވާފައިވަނީ ކުރިއަށް އޮތް މާލޭގެ މޭޔަރު ކަމުގެ އިންތިހާބަށްފަހުއެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: