ފުރަތަމަ ޓާމުގެ ބަންދަށްފަހު މިއަދު ސްކޫލްތައް ހުޅުވިގެންދިޔައިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދުން ފެށިގެން ޤައުމީ ސަލާމް ކިޔަން ފަށައިފިއެވެ.
ސްކޫލްތަކުގައި ޤައުމީ ސަލާމް ކިޔަން ޖެހޭ ގޮތަށް ރައިސް ޑރ.މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސާފައެވެ. މި އަހަރުން ފެށިގެން ކޮންމެ ސްކޫލެއްގައި ކިޔަވާ ކުދިން ސެޝަން ފަށާނީ ގައުމީ ސަލާމް ކިޔާފައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިއަދު ސްކޫލްތައް ހުޅުވިގެން ކިޔެވުން ފެށިގެން ދިޔައިއިރު ސްކޫލްތަކުގެ ސެޝަން ފެށިގެން ދިޔައީ ގައުމީ ސަލާމުންނެވެ.
މިގޮތަށް ހަމަޖެއްސީ ރައީސްގެ ވައުުދުފުޅެއް ކަމަށްވާ ގައުމިއްޔަތު ދިރާވާ އާލާ ކުރުމުގެ ދަށުންނެވެ. އެގޮތުން ތުއްތު ކުދިންނާއި ސްކޫލް ކުދިން ގައުމީ ލަވަ ދެކެ، ގައުމީ ދިދަ ދެކެ ލޯބި ޖައްސާ އެ ކިޔޭ އެއްޗެއްގެ މާނަ ވިސްނި، އެއަށް ލޯބި ކުރުމަށް ހިތްޖެއްސުމަށްޓަކައި ކޮންމެ ދުވަހަކު ސްކޫލް ސެޝަން ގައުމީ ސަލާމުން ފަށާގޮތަށް ހަމަޖެއްސީއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ބައެއް އިލްމުވެރިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އިލްމުވެރިން ބުނީ ގައުމީ ސަލާމަކީ ﷲ ތައާލާ ބާއްވާލައްވާފައިވާ އަދި ކީރިތި ނަބިއްޔާ ގެނެސްދެއްވާފައިވާ، ހުރުމަތްތެރި މާތް އެއްޗެއް ނޫން ކަަމަށާއި، އެއީ އިންސާނުން އަމިއްލައަށް ހަދާފައިވާ އެއްޗެއް ކަމަށެވެ. އެހެންކަމުން އެފަދަ ކަމެއް ކުރުން އެއީ ތައުހީދުގެ ސާފު އަގީދާއާ ފުށުއަރާ ކަމެއް ކަމަށް ބުނެފައިވެއެވެ.
ދިރާސީ އައު އަހަރު އަހަރު މެދުތެރެއިން ފެށިގެންދާނީ މިއަހަރު އެކަންޏެވެ. އޭގެ ފަހުގައި ދިރާސީ އައު އަހަރު ފެށިގެންދާނީ ކޮންމެ އަހަރަކުވެސް ޖެނުއަރީމަހުގައެވެ. ނަމަވެސް މިގޮތަށް ސަރުކާރުން ދެންނެވި ނަމަވެސް އެ ބަދަލު ގެނެސް ކިޔެވުން ކުރިޔަށް ގެންދާނެ ގޮތް އަދި ހާމަކޮށްފައި ނުވެއެވެ.

