ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު 8 ގައި ކިޔަވާ ދަރިވަރުން އަންނަ އަހަރު ފަހުކޮޅު އޯލެވެލް ހަދާނެ!

ސުކޫލު ދަރިވަރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޑް 8 ގައި މިހާރު ކިޔަވަމުން ގެންދާ ދަރިވަރުން އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި އޯ ލެވެލް ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެއީ ދިރާސީ އައު އަހަރަށް ގެނައި ބަދަލުތަކާއިއެކުގައެވެ. ކޮވިޑް 19 ގެ ބަލިމަޑުކަމަށްފަހު ދިރާސީ އައު އަހަރަށް ފެށެނީ އަހަރުގެ މެދު ތެރެއިންނެވެ. އެހެން ނަމަވެސް 2026 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ފަށާނީ ޖެނުއަރީ މަހުކަމަށް މިނިސްޓްރީއިން ބުންޏެވެ.

މި ބަދާލއިއެކު އެންމެ ބޮޑު ތަފާތެއް އައީ ގްރޭޑް އަށެއްގެ ދަރިވަރުންގެ ކިޔެވުމަށެވެ. އެގޮތުން އަންނަ ހަފްތާއިން ފެށިގެން އެ ދަރިވަރުން ކިޔަވާނީ އޯލެވެލްގެ ސިލަބަސްއެވެ. އަދި އަންނަ އަހަރުގެ ފަހުކޮޅު އޯލެވެލް ހަދާނެއެވެ. މިނިސްޓްރީއިން މިކަން ފާހަގަކުރަނީ ގްރޭޑް 8 ގެ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއްގެ ގޮތުގައެވެ. އެއީ އޯ ލެވެލްއަށް ތައްޔާރުވުމަށް ދެ އަހަރު ލިބޭނެތީއެވެ.

އެހެންކަމުން އަންނަ އަހަރު އޯލެވެލް އިމްތިހާނުގައި ދެ ބެޗެއްގެ ދަރިވަރުން އޯލެވެލް ހަދާނެއެވެ. ނަމަވެސް ފުރަތަމަ ބެޗު، މިހާރު 9 ގެ ދަރިވަރުން އޯލެވެލް ހަދާނީ މެއި/ޖޫން ގައެވެ. މިހާރު ގްރޭޑް 8 ގައި ތިބި ކުދިން އޯލެވެލް ހަދާނީ އޮކްޓޯބަރ/ނޮވެމްބަރ ގައެވެ.

ވަރަށް ގަދަ
19%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 3%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 3%ވަރަށް ދެރަ 55%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބޮޑަށް ބެލެވެނީ ސަރުކާރުން ދަރިންގެ ކިޔެވުމަށް ދުއްތުރާ ކުރަން ފަށާފައިވާ ކަން… މީތޯ މުޢިއްޒުގެ ސިޔާސަތަކީ ތަޢުލީމަށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: