ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާނު ކުރުން ފަސްކޮށްފި

ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރުން ފަސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ބުނީ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް ފަސް ކުރަން ނިންމީ އިންތިހާބާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ސިޓީއަކާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހުސެއިން ހަބީބް ވިދާޅުވީ ހަބީބް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ރަސްމީ ގަޑި ނިމެން ކައިރިވެފައި ވަނިކޮށް އެމްޑީޕީން އެ ކޮމިޝަނަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށާއި އެ ސިޓީއާ މެދު މަޝްވަރާކުރުމަށްފަހު ކޮމިޝަނުން ނިންމީ އެ ޕާޓީގެ ކަންބޮޑުވުންތައް އަޑުއަހައި މަޝްވަރާކުރުމަށްފަހު މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް މިހަފްތާތެރޭ އިއުލާން ކުރުމަށް ކަމަށެވެ.

”އެކަމާ ގުޅޭގޮތުން އެމްޑީޕީއާއެކު މަޝްވަރާ ކުރުމަށްފަހުގައި އަޅުގަނޑުމެންގެ ޑިޒިޝަން މިހަފްތާގައި އާންމު ކުރާނަން.“ ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އިންތިހާބަށް ގިނަ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެގޮތުން މަޖިލިސް އިންތިހާބުގައި އަމަލުކުރާ ގޮތުގެ މައުލޫމާތު ހައިކޯޓުގެ ލީގަލް ބޭފުޅުންނާ އެކީގައި ޓްރެއިނިން ސެޝަނެއް ބާއްވާފައިވާ ކަމަށާއި ކެންޑިޑޭޓުންގެ ކުށާއި ދަރަނީގެ ރިކޯޑް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާއެކު ދެ ބައްދަލުވުމެއް ބޭއްވުނު ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބާްއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުން— ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް

މީގެއިތުރުން އިންތިހާބު ބޭއްވުމަށް ބޭނުންވާ ވޯޓުލާ މަރުކަޒުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

”ރިޔާސީ އިންތިހާބުގައި ފާހަގަވެފައި އެބަހުރި ބައެއް ކުދިކުދި ކުލާސްރޫމްތަކުގައި ވޯޓުލާ މަރުކަޒުތައް ގާއިމުކުރުމުގެ ސަބަބުން ޖާގައިގެ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވެފަ. ވޯޓުގެ ސިއްރުކަން ގެއްލޭ ފުރުސަތު އޮތްކަމަށް ބައެއް އޮބްޒާވަރުންގެ ރިޕޯޓްތަކުގައި ފާހަގަކޮށްފައި އެބަހުރި.“ ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އެންމެ ފަހުން ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޖާގައިގެ ދަތިކަން ހުރިކަން ފާހަގަވި ކަމަށާއި ވޯޓުގެ ސިއްރު ނުހިފެހެއްޓޭކަމަށް އޮބްޒާވަރުންގެ ރިޕޯޓްތަކުން އެނގެން އެބަހުރި ކަމަށެވެ. އެހެންކަމުން މަޖިލިސް އިންތިހާބުގައި ވޯޓު ފޮށިތައް ބެހެއްޓުމަށް ޓެންޓު ޖަހާގޮތަށް ނިންމާފައިވާ ކަމަށް އީސީން ފާހަގަކުރެއެވެ. އެގޮތުން މިފްކޯ ކުރިމަތީގައި އޮތް ހުސްދަނޑުގައި ކުރީފަހަރުވެސް ޓެންޓު ޖެހި ގޮތަށް މިފަހަރުވެސް ޓެންޓު ޖަހަން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: