ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއާއިއެކު ކުރެވުނީ ކާމިޔާބު މަސައްކަތްތަކެއް، މައްސަލަތަކަށް ހައްލު ހޯދޭނެ: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާގެ ފޫޖިއާން މިއުޒިއަމަށް ޒިރާތްކުރެއްވުނ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކޮށްދިނުމުގައި ޗައިނާގެ ރަނގަޅު ނިޔަތެއް އެބައޮތްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޝިޔާމް ވިދާޅުވީ މި ދަތުރުފުޅު ވެގެންދާނީ މަސްވެރިކަމުގެ ސިނާއަތަށް ވަރަށް މުހިންމު ދަތުރަކަށްކަމަށެވެ.

މި ސިނާއަތް އިތުރަށް ހަރުދަނާކޮށް، ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ޗައިނާއާއިއެކު ކުރެވޭނެ މަސައްކަތްތައް އެބަހުރިކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ޖިއާން ޕްރޮވިންސްގެ މޭޔަރާއިއެކު މިކަމާއި ގުޅޭ މަޝްވަރާތައް ކުރެވިފައިވާކަމަށެވެ. މި ދަތުރާއިއެކު މައްސަލަތައް ހައްލުވަމުންދާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. ރާއްޖެއަށް ބޭނުންވަނީ އެކަން ހައްލުކުރުމަށް ބޭނުންވާ ވަސީލަތްތައްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ޗައިނާގެ ސަރުކާރާއިއެކު ކުރެވިފައިވާ މަސައްކަތްތައް މިނިސްޓަރު ސިފަކުރެއްވީ ކާމިޔާބު މަސައްކަތްތަކެއްގެ ގޮތުގައެވެ.

އެގޮތުން އައިސް ލިބުމުގައި އާއި ޓެކްނޮލޮޖީއާއިއެކު ދޯނި ފަހަރުގައި މަސް މެނޭޖް ކުރުމަށްޓަކައި ހުރި ދަތިތައް ވެސް އަވަހަށް ހައްލުވެގެން ދާނެކަމަށް ވިދާޅުވެފައެވެ.

ޗައިނާގައި ހުރި އެންމެ ބޮޑު މަސްވެރިކަމުގެ ކޯޕަރޭޝަންއަށް ޒިޔާރާތްކުރެވިފައިވާކަމަށް ފާހަގަކޮށް ޝިޔާމް ވިދާޅުވީ މަސްވެރިކަން ފުޅާވެފައި އޮތް މިންވަރު އެނގިގެން ދިޔަކަމަށެވެ. އެފަދަ މަސައްކަތްތައް ކުރުމުގެ ޝައުގުވެރިކަން އެބަހުރިކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިހާރު ތިއްބެވީ އެޤައުމުގެ ވެރިރަށް ބެއިޖިންގައެވެ. ރައީސްގެ ދެކަނބަލުން ބެއިޖިންގއަށް ވަޑައިގަތުމުން އެ ދެކަނބަލުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންސްޕެކްޓް ކޮށްދެއްވިއެވެ.މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ޗައިނާގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: