ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް މާލޭގެ މޭޔަރުކަން ލިބުމަކީ ދިވެހިންނަށް ލިބުނު ކާމިޔާބީއެއް: ފައްޔާޒް

އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް މާލޭގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބުކުރެވުމަކީ ދިވެހިންނަށް ލިބުނު ކާމިޔާބީއެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފަސް ކެންޑިޑޭޓުން ވާދަކުރެއްވި މާލޭގެ މޭޔަރުކަމުގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރެވުމާއިއެކު، އެ ޕާޓީގެ ޗެއަރޕާސަންވަނީ އުފާ ފާޅުކުރައްވާފައެވެ. ފައްޔާޒް ވިދާޅުވީ، ވޭތުވެދިޔައީ ހައްސާސް ދަނޑިވަޅެއްކަަމަށާއި އެ ވަގުތުގައި މޭޔަރުކަން އާދަމް އާޒިމް ކާމިޔާބުކުރެއްވުމަކީ މާލޭގެ ރައްޔިތުން އަދި ޖުމުލަކޮށް ދިވެހިންނަށްވެސް ލިބިގެންދިޔަ މުހިންމު ކާމިޔާބީއެއްކަމަށް ފާހަގަކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވީ، ދިވެހިންވަނީ އާދަމް އާޒަމް އިންތިހާބުކޮށް، މުހިންމު މެސެޖެއް ދީފައިކަމަށެވެ. އޭނާވަނީ އާޒިމްއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އާޒިމްއަކީ އެމްޑީޕީގެ މެމްބަރުން ތާއީދުކުރާ ބޭފުޅެއްކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުވެސް ވަނީ އާޒިމްއަށް މަރުހަބާ ދަންނަވާފައެވެ. ރައީސް ސާލިހު ވިދާޅުވީ، ބައިއިލެކްޝަން ތަނަވަސް އަގުލަބިއްޔަތަކުން ކާމިޔާބުކުރެއްވިފައިވުމަށް އާޒިމްއަށް އިހުލާސްތެރި މަރުހާބާއެއް ވިދާޅުވާކަމަށެވެ. އަދި މާލޭގެ ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް މަސައްކަތްކުރެއްވުމުގައި އެމްޑީޕީ ސާބިތުވެ ދެމި އޮންނާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: