ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަންތައް ނުހުއްޓޭނެ ގޮތެއް ހޯދަން މަޝްވަރާ ކުރެވުނު: އިންޑިއާ

ބަލި މީހަކު ގޮވައިގެން މާލެ އައި ހެލިކޮޕްޓަރުން އިންޑިއާ ސިފައިންގެ މީހަކު ފައިބަނީ/ ފޮޓޯ: ހުސެއިން ވަހީދު - މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމަށް ކުރިޔަށް ގެންދެވުނު މަޝްވަރާގެ ތެރެއިން، އިންޑިއަން އޭވިއޭޝަން ޕްލެޓްފޯމްތަކުގެ ތެރެއިން ބަލި މީހުން އެއްތަނުން އަނެއްތަނަށް ފޯރުކޮށްދިނުމާއި، އިންސާނީ އެހީ ދިނުމުގެ ވައިގެ އުޅަނދު އޮޕަރޭޝަންތައް ކުރިޔަށް ގެންދިއުމަށް ހުށަހެޅުނުކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އަންނަ މާޗު މަހުގެ 15 ގެ ކުރިން އިންޑިއާގެ މިލިޓަރީ އޮފިސަރުން ރާއްޖެއިން ފޮނުވާލުމަށް އަމާޒު ހިފައި، ދިވެހި ސަރުކާރުން މަސައްކަތް ފެށި ވަގުތު އެ ގައުމާއި އެކު އޮތް ގުޅުން ވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ނިމިދިޔަ ހަފްތާގެ ތެރޭގައި ހިނގައިދިޔަ، އެކި ކަންކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް އަމާޒުވެ ޗައިނާގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ނުސީދާ ގޮތެއްގައި ރައްދުތައް ދެއްވާފަ އެވެ.

މިއަދު މުޅި ދުވަހު ކުރިޔަށް ދިޔަ ބައްދަލުވުންތަކާއި ގުޅޭގޮތުން، ރައީސް އޮފީހުން ބުނީ އޮފިސަރުން ފޮނުވާލުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެކަމަށާއި އެ މަރުހަލާ އަވަސް ކުރުމަށް އެޅެން ހުރި ފިޔަވަޅުތަކަށް މަޝްވަރާ ކުރެވުނު ކަމަށެވެ. ކޮޕް ސަމިޓަށް ވަޑައިގަތުމަށް ފަހު، އެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އެކު މަޝްވަރާ ކުރުމަށް ފަހު ދެ ގައުމުން އެއްބަސްވި ގޮތަށް ހައިލެވެލް ކޮމިޓީއެއް އުފެއްދި އެވެ.

ކޮމިޓީތަކުގެ ބޭފުޅުން ރާއްޖެ ވަޑައިގަތުމާއި އެކު ފޮރިން މިނިސްޓްރީގައި މިއަދު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި އެމްބެސެޑާރ އެޓް ލާޖް އަލީ ނަސީރު މުހައްމަދާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން ސެކްރެޓަރީ ހާލާ ހަމީދާއި އިންޑިއާގައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބު ބައިވެރިވި އެވެ. ބައްދަލުވުމަށް ރާއްޖެގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި ޑިޕްލޮމެންޓުންގެ ވަފުދު ވަޑައިގަތީ ފޮރިން މިނިސްޓްރީއަށެވެ.

އިންޑިއާގެ ބަޔާނުގެ ސްކްރީންޝޮޓެއް

މި ބައްދަލުވުމާއި ގުޅޭގޮތުން ދެ ގައުމުގެ ސަރުކާރުން ވެެސް ބަޔާން އާންމު ކުރި އެވެ. އެގޮތުން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާ ބަޔާނުގައި ވާގޮތުގައި ބަލި މީހުން އެތަނުން އަނެއް ތަނަށް އުފުލުމަށް ބޭނުން ކުރާ މެޑްވެކް ހިދުމަތާއި، އިންސާނީ އެހީތެރިކަމުގެ އޮޕަރޭޝަންތައް ނުހުއްޓޭނެ ގޮތެއް ހޯދުމަށް ދެ ފަރާތުން ވެސް ވާހަކަ ދެއްކި އެވެ. އެކަމަކު، އެކަމުގެ އެއްވެސް އިތުރު ތަފްސީލެއް ބަޔާނުގައި ނެތެވެ.

އިންޑިއާގެ ސިފައިންގެ މައްސަލަ ގޯސްވި ދުވަސްވަރު، އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބުނެފައި ވަނީ ރާއްޖޭގައި ތިބީ އެ ގައުމުން ހަދިޔާ ކުރި ޑޯނިއާއާއި ހެލިކޮޕްޓަރު ބަލަހައްޓަން ތިބި ޓެކްނިކަލް އޮފިސަރުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: