ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިން ބޭލުމުގެ މަސައްކަތްތައް އަވަސްކުރުމަށް އިންޑިއާއިން އެއްބަސް: ސަރުކާރު

އިންޑިއާގެ ސަފީރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވަދެވަޑައިގަންނަވަނީ - ފޮޓޯ: ނިޝާން އަލީ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސިފައިން ރާއްޖޭގެ ފަސްގަނޑުން ބޭލުމުގެ މަސައްކަތްތައް އަވަސްކުރުމަށް އެއްބަސްވެފައިވާކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

މާޗު 15 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާ ސިފައިން ބޭލުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ރަސްމީގޮތުން އެދިވަޑައިގެންފައިވާއިރު، ފޮރިން މިނިސްޓްރީއިންވަނީ އިންޑިއާގެ ސަރުކާރުގެ މަންދޫބުންނާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމާއި ގުޅޭ ބައެއް ތަފްސީލުތައް ހިއްސާކޮށްފައެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން، ދެ ގައުމުންވެސްވަނީ މިހާރު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވައި މަޝްވަރާތައްކޮށްފައިކަމަށާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ގިނަ މައުޟޫތަކެއްގެ މައްޗަށް އަލިއެޅުވިފައިވާކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން، ދެ ގައުމުންވެސް ވަނީ އިތުރަށް ގުޅުންތައް ބަދަހިކުރުމަށް ތައްޔާރުކަން ހިއްސާކޮށްފައެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްތައް އަވަސްކުރުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށްވެސް ބުނެފައިވާއިރު، ދެ ފަރާތަށްވެސް ފަސޭހަ ވަގުތެއްގައި ދެވަނަ ބައްދަލުވުމެއް ބޭއްވުމަށްވެސް އެއްބަސްވެވިފައިވާކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 80%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: