ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެޑިކަލް އިވެކުއޭޝަނެއްގައި ރައީސުލްޖުމްހޫރިއްޔާއަށް އެކަން އަންގައި، ބަހެއް ހޯދުން ނޯވޭ: ޣައްސާން

އެމްއެންޑީއެފް ޑޯނިއާގައި ބަލި މީހަކު ގެންދަނީ/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭސްފަރުވާގެ ބޭނުމަށް އަތޮޅުތެރެއިން، މީހުން މާލެ ގައުމަށް ރައީސުލްޖުމްހޫރިއްޔާއަށް އަންގައި ހޯދަން ޖެހޭ ހުއްދައެއް ނޯންނާނެކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

މިދިޔަ ދެ މަހެއްގެ ތެރޭގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވި ސަބަބުތަކުގެ ތެރޭގައި އިންޑިއާގެ ޑޯނިއާ ބޭނުން ނުކުރުން ހިމެނެ އެވެ. އެގޮތުން އައްޑޫގައި މޫދަށް އެރި އުޅުނު ކުއްޖަކު ގެއްލިގެން ހޯދުމުގައި ވެސް އިހުމާލުވިކަމުގެ ތުހުމަތުކޮށް ފާޑުކިއުން އަމާޒުވިއިރު އިއްޔެ ފެންމަތިވީ ގއ. ވިލިނގިލި ހޮސްޕިޓަލުގައި ކުޑަކުއްޖެއް ހާލު ދެރަވެ އިމަޖެންސީގައި މާލެ ނުގެނެވުނު މައްސަލަ އެވެ.

އިންޑިއާގެ ޑޯނިއާގެ މަތިންދާބޯޓު ބޭނުން ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންގެވިކަމަށް ބުނެ އެ ރަށުގެ ހޮސްޕިޓަލް ސަރަހައްދަށް ރައްޔިތުން އެއްވެ އިހުތިޖާޖު ވެސް ކުރި އެވެ. އެއަށް ފަހު އެ ކުއްޖާ މާލެ ގެނެސް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ހޮނިހިރު ދުވަހުގެ 11:30 ވަނީ ނިޔާވެފަ އެވެ. މިއީ ސަރުކާރުގެ އިހުމާލުކަމަށާއި، ޑޯނިއާ ބޭނުން ނުކުރަން ސަރުކާރުން އެންގީކަމަށް ބުނެ މީޑިއާތަކުގައި ވެސް ރިޕޯޓުކޮށްފައި ވެއެވެ.

މި މައްސަލައިގައި ޣައްސާން ވިދާޅުވީ ބޭސްފަރުވާއަށް މީހުން ގެނައުމުގައި އަމަލު ކުރަން ޖެހޭ ގޮތް ލިޔެވިފައިވާކަމަށާއި އެ އެސްއޯޕީތަކުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ހުއްދައެއް ނަގަން ނުވަތަ އަންގަން ވެސް ނުޖެހޭ ކަމަށެވެ. އެކަމުގައި ކުރިޔަށް ދާން ޖެހޭނީ، ކަމާއި ގުޅޭ އިދާރާތްތައް ގުޅިގެންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ 2021 ވަނަ އަހަރުން ފެށިގެން، ތަފާސްހިސާބުތަކަށް ބަލާއިރު މެޑިކަލް އިވެކުއޭޝަންތަކުގެ 93 އިންސައްތަ ކުރީ ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށް ކަމަށެވެ.

މި މައްސަލައިގައި ފާޑުކިއުން އަމާޒުވިއިރު، އިންޑިއާއިން ވަނީ ސިފައިން ފޮނުވާލި ނަމަވެސް މެޑިކަލް އިވެކުއޭޝަންތައް ހުއްޓާނުލައި ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދުމުގެ މަޝްވަރާއަށް އެދިފަ އެވެ. އެކަމަކު މިހާތަނަށް ދިވެހި ސަރުކާރުން އެކަމުގެ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: