ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހީކުރި ވަރަށްވުރެ ރައީސް މުއިއްޒު ކުޅަދާނަ: ޝަރީފް

ޝަރީފް ޕީއެންސީ އަށް ސޮއިކުރެއްވި ފޯމް، ރައީސް މުއިއްޒުއާ މިރޭ ހަވާލު ކުރައްވަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހީކުރި ވަރަށްވުރެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ކުޅަދާނަކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ ރައީސް މުއިއްޒު ނިންމެވުންތައް ނިންމާލެއް ހަލުވިވެފައި އަވަސްކަމަށެވެ.

ރާއްޖެއަށް ދިމާވެފައި ހުރި ގޮންޖެހުންތައް ގިނަކަމަށް ފާހަގަކޮށް ޝަރީފް ވިދާޅުވީ މިފަދަ އުނދަގޫ ދަތި ދަނޑިވަޅުތަކުގައި ބޭނުންވަނީ ވިސްނުންތެރިކަމާއި، ހުރުމަތްތެރިކަމާއިއެކު ހަލުވި ސްޕީޑުގައި ކަންކަން ކުރާނެ ލީޑަރެއްކަމަށެވެ.

ޝަރީފް ޕީއެންސީއާއި ގުޅިވަޑައިގަތީ 28

އެމްޑީޕީއާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދިފާއުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ޝަރީފެވެ. އަދި ރައީސް މުހައްމަދު ނަޝީދާއި، ރައީސް ސޯލިހު ދެމެދު ސިޔާސީ ގޮތުން ހިޔާލުތަފާތުވުން އުފެދުމަށް ފަހު އައި ކޯޅުންތަކުގެ ތެރޭގައި ޝަރީފަކީ އެންމެ ފާޅުކަން ބޮޑު ގޮތަކަށް މިހާރުގެ ޑިމޮކްރެޓްސްގެ މެމްބަރުންނާއި ދެކޮޅަށް މަސައްކަތް ކުރެއްވި މެމްބަރެވެ.

ޕީއެންސީއާއި ގުޅިވަޑައިގެން ދެއްކެވި ވާހަކައިގައި ޝަރީފް ވިދާޅުވީ އެމްޑީޕީއިން ވަކިވީ ގައުމީ މަސްލަހަތު އިސްކުރުމަށް ބޭނުންވާތީކަމަށެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: