ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުއަސާސީއަށް ތަބާވާން ނުޖެހޭކަމަށް ބައެއް މެމްބަރުން ގަބޫލުކުރޭ: މަވޯޓާ

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް)
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ތަބާވާން ނުޖެހޭކަމަށް ބައެއް މެމްބަރުން ދެކިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފްވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މަޖިލީހަށް ހައްސާސް މައްސަލައެއް ކުރިމަތިވެފައިވާކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ބޯލަނބަންޖެހޭ ތަނެއްކަމަށް ބައެއް މެމްބަރުން ދެކިވަޑައިގުންނަވާކަމަށާއި އެއީ ދެރަ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މަޖިލީހަށް ބާރު ލިބިދެނީ ރައްޔިތުން ބަލައިގަނެފައިވާ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީންކަމަށާއި މަޖިލީހަކީ ތިން ބާރުން އެއް ބާރުކަމަށްވެސް ވިދާޅުވިއެވެ. އަދި ގާނޫނުތަކާއި ގާނޫނުއަސާސީން ލިބިދީފައިނުވާ ބާރެއް މެމްބަރުންނަށްވެސް ލިބިވަޑައިނުގަންނަވާނެކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބައެއް އިއްޒަތްތެރި މެމްބަރުންނަށް ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއްކަން ގަބޫލުނުކުރެއްވޭކަމަށެވެ. ގާނޫނުއަސާސީ އާއި ހިލާފު ގާނޫނެއް އަދި ގަވައިދެއްވެސް ނުހެދޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ ދެމެދު ހޫނުވެގެންދިޔަ މައްސަލައަށްވެސް ޝަރީފް އަލިއެޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ގާނޫނުއަސާސީއާއި ހިލާފަށް ގަވައިދެއް ނުވަތަ ގާނޫނެއް ހެދުމުން އެކަން ބާތިލުކުރުމަކީ ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓަށް މަލާމާތްތައް ރައްދުކޮށް އެ ކޯޓުގެ ނިންމުންތައް ބަލައިގަންނަން ނުޖެހޭކަމަށް ބައެއް މެމްބަރުން ސިފަކުރާކަމަކީވެސް ކަންބޮޑުވާ މައްސަލައެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: