ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެތެރޭގެ މައްސަލަތަކުގެ ސަބަބުން އެތައް ގައުމެއް ފުނޑިއްޖެކަން ހަނދާނުގައި ބަހައްޓާތި: މަވޯޓާ

އިބްރާހިމް ޝަރީފް: ފޮޓޯ/ ސޯޝަލްމީޑީއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ އެތެރޭގައި އުފެދިގެންދާ މައްސަލަތަކުގެ ސަބަބުން އެތައް ގައުމެއް ފުނޑިގޮސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް އަޒުލުކުރުމަށް ފަހިވާގޮތަށް މަޖިލީހުގެ ގަވައިދުތަކަށް ބަދަލު ގެނައުމުގެ މަސައްކަތްތައް އެމްޑީޕީއިން ކުރަމުންދާއިރު، މެމްބަރު ޝަރީފްވަނީ ދިވެހިރާއްޖެއަށް ދިމާވެފައިވާ އަޑިގަނޑުތަކާއި އުސްގަނޑުތަކުގެ ތެރެއިންވެސް ގައުމުގެ ދިރުމާއި ސިފަ ހިފެހެއްޓިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ގައުމު ކުރިއަށް ގެންދިއުމަށްޓަކައި ސިޔާސީ ހަމަޖެހުން ގާއިމުވެފައި އޮތުން މުހިންމުކަމަށެވެ. އަދި އެ ސަރަހައްދުގައި ސަލާމަތީ ކަންކަންވެސް ދެމެހެއްޓިފައި އޮންނަންޖެހޭކަމަށް ވިދާޅުވިއިރު، ސުލްހަ ގާއިމުވެފައި އޮތުންވެސް މުހިންމުކަމަށް ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، ގައުމުގެ އެތެރޭގައި އުފެދިގެންދާ ސިޔާސީ ހަމަނުޖެހުންތައް ފަދަ މައްސަލަތަކުގެ ސަބަބުން އެތައް ގައުމެއް ފުނޑިގޮސްފައިވާކަން ހަނދާނުގައި ބެހެއްޓުމަށް އިލްތިމާސްކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، ގައުމުގެ ކަންކަން ބެލެހެއްޓުމަކީ ދައުލަތާއި ގައުމުގެ ވަކިވަކި ފަރުދުންގެ ރައްކައުތެރިކަންވެސް ކަށަވަރުކުރުންކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ގައުމީ ކަންކަމުގައި އެންމެންގެވެސް މަސްލަހަތު ހިމެނޭނެކަންވެސް ހަނދާނުގައި ބަހައްޓަންޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: