ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު މަސައްކަތްކުރަނީ ރޮކެޓު ސްޕީޑުގައި، ސްލޯއެއް ނުވާނެ: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފޮޓޯ/ ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުއަކީ ސްލޯ ބޭފުޅެއް ނޫންކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރޮކެޓު ސްޕީޑުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދުވަސް ވީ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު، އެ ޕާޓީގެ އުސޫލުތައް ގަބޫލު ނުކުރެވޭތީ ޝަރީފް ސަރުކާރާ ގުޅިވަޑައިގަތީ ދާދި ފަހުންނެވެ. އެރޭގެ ޖަލްސާގައި ވެސް ޝަރީފް ވިދާޅުވީ ރައްޔިތުން ގެނައި ވެރިކަމަކަަށް ފަސް އަހަރު ދުވަހު ވެރިކަން ކުރުމުގެ ޖާގަ ދޭންކަމަށާއި، އޭނާ ހުރީ ސަރުކާރަށް އެއްބާރުލުން ދޭން ތައްޔާރަށް ކަމަށެވެ. އަދި އެމްޑީޕީ ދޫކޮށް، ޕީއެންސީއަށް ގުޅެން ޖެހުނު ސަބަބަކީ ވެސް އެއީކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެ އައްޑޫގެ ދާއިރާތަކަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނާއި އެކު ރޭ ބޭއްވި ޖަލްސާގައި ޝަރީފް ވިދާޅުވީ، ރާއްޖެ ބަދަލަކަށް އެދުނު ކޮންމެ ފަހަރަކުވެސް އެ ބަދަލެއް ގެނައުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވެ ގައުމު ބަދަލުކޮށްލި ރައްޔިތުންނަކީ އައްޑޫގެ ރައްޔިތުންކަމަށެވެ. އޭނާ ވިދާޅުވީ، އެކަމާއި އެއްވެސް ބަޔަކު ދެކޮޅު ނުހަދާނެކަމަށާއި ނުވެސް ހެދޭނެކަމަށެވެ.

ޝަރީފް ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރެސީ ގެނައުމާއި 30 އަހަރުގެ ވެރިކަން ފުނޑުކޮށްލުމުގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވީ އައްޑޫ ސިޓީގެ ހިތްވަރުގަދަ ފަހުލަވާނުންކަމަށެވެ. އަދި އެކަމާއިމެދުވެސް އެއްވެސް ޝައްކެވެސް ނެތްކަމަށް ފާހަގަކުރެއްވިއިރު، އަނެއްކާވެސް ގައުމު އޮތީ ބަދަލަކަށް ބޭނުންވެފައިވާ ހާލަތުގައިކަމަށްވެސް ހިއްސާކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، ރައްޔިތުން ކުރިމަތީގައި އޮތީ ދެ ޗޮއިސްއެއްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ގައުމުގައި ފުރައްސާރަކުރުމާއި ނާމާންކަމާއި ޖެއްސުންކުރުމާއި ރައްޔިތުންނަށް ހިދުމަތްކުރަން އޮތް ސަރުކާރަށް ހުރަސްއެޅުމަށް މަގުފަހިކޮށްދިނުން ނޫނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިގެން ރައީސް ޑރ މުހައްމަދު މުއިއްޒަށް އެއްބާރުލުން ދީގެން ތަރައްގީގެ އައު އުސްމިންތަކަށް ގެންގޮސް ގައުމު ބަދަލުކޮށްލުންކަމަށެވެ.

އޭނާ ވިދާޅުވީ، ވޭތުވެދިޔަ 45 ވަރަކަށް އަހަރު ރާއްޖޭގެ ރައީސްކަމަށް އައި މީހުންނާއި ގާތުން މަސައްކަތްކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވިކަމަށެވެ. އަދި ދިގު މުއްދަތަކަށް އައްޑޫގެ ރައްޔިތުން މަޖިލީހުގައިވެސް ތަމްސީލުކުރައްވާފައިވާކަމަށް އަލިއެޅުއްވިއެވެ. ޝަރީފް ވިދާޅުވީ، މުޅި އައްޑޫ ސިޓީއިން އޭނާ ހާއްސަ މަޖިލީހުގެ މެމްބަރުކަމަށްވެސް އިންތިހާބުކުރިކަމަށާއި ރައްޔިތުންގެ މަޖިލީހުގައި މުޅި އައްޑޫ ތަމްސީލުކުރުމަށްވެސް ރައްޔިތުން އެތައް ފަހަރެއްގެ މަތިން ޒިންމާ ހަވާލުކުރިކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު މަރަދޫ ދާއިރާގެ މެމްބަރުކަމުގެ މަގާމުގައި ހުންނަތާވެސް އެތައް އަހަރެއް ވެއްޖެކަމަށވެ.

އެހެންކަމުން އެ ދިގު މުއްދަތުގެ ތެރޭގައި ކުރެއްވުނު ތަޖުރިބާތަކުގެ އަލީގައި ކަށަވަރުކުރަމާއިއެކު އެއްކަމެއް ރައްޔިތުންނާއި ހިއްސާކުރައްވާކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައީސް ޑރ މުއިއްޒުއަކީ ރޮކެޓު ސްޕީޑުގައި މަސައްކަތްކުރައްވާ ބޭފުޅެއްކަމަށާއި އެމަނިކުފާނަކީ ދިވެހިރާއްޖެ ތަރައްގީގެ އައު ހަރުފަތަކަށް ގެންގޮސްދެއްވާނެ ލީޑަރެއްކަމުގެ ޔަގީންކަން އަރުއްވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: