ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ސިޓީ ކައުންސިލަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް ދޮގު ކުރައްވައިފި

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާކަމަށާއި، ކަންކަން ނިންމަނީ އަގުލަބިއްޔަތުން ކަމަށް އެކްޓިން މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ކައުންސިލުގެ ބައްދަލުވުމުގައި އޮތީ ސިޓީ ކައުންސިލުން ފަށަން ހަމަޖައްސާފައިވާ ޕްރޮޖެކްޓްތަކުގެ އަޕްޑޭޓް ހިއްސާކުރުމާއި ބައެއް ހުށަހެޅުންތަކަށް މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުމެވެ.

އެ ޕްރޮޖެކްޓްތަކުގައި ކައުންސިލްގެ ފަރާތުން އޭރު މަސައްކަތް ކުރެއްވި، މިހާރު ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝާހިދު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.  އެ ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މަޝްރޫއުތައް ޕްލޭނިންގް މިނިސްޓްރީއާ ހަވާލުކުރަން ހުށަހަޅުއްވީ ޝާހިދުއެވެ.

100 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ބައެއް މަޝްރޫއުތައް ސަރުކާރަށް ކައުންސިލުން ހުށައެޅިއެވެ. ހުށައެޅުމުގައި ވާ ގޮތުން ހަ މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީއިން މަޝްރޫއުގެ މަސައްކަތް ފަށަންޖެހެއެވެ. ނުފެށިއްޖެނަމަ އަލުން އެ ޕްރޮޖެކްޓުތައް ކައުންސިލަށް ބަދަލުވާ ގޮތަށް ވަނީ ނިންމައިފައެވެ.

މިކަމާއި ގުޅިގެން އިންތިހާބީ މޭޔަރ އާދަމް އާޒިމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާ، އޭނާ މޭޔަރކަމުގެ ގާނޫނީ ހުވާ ކުރެއްވުމާއި ދެމެދު މި އޮތް މުއްދަތުގެ ތެރޭގައި މި އުސޫލަށް އަމަލު ނުކުރުމަށް ގޮވާލާފައެވެ. އަދި ރައީސް އޮފީހުގެ ވަޒީރު ބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރައްވާ، އެކަން ހުއްޓާލެއްވުމަށް އާޒިމް ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މި ފާޑުކިޔުންތަކަށް ރައްދުދީ ނަރީޝް ވިދާޅުވީ ސިޓީ ކައުންސިލުން ގޮތް ނިންމީ ކައުންސިލް ފްލޯރއަށް ހުށެއަޅައި މަޝްވަރާކުރެވުނު މައްސަލައެއްގައިކަމަށެވެ. އަދި މި ނިންމުން ނިންމީ ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަގުލަބިޔަތުން އެގޮތަށް ބޭނުންވީމައިކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހުންވެސް ކައުންސިލްގެ މަސައްކަތަށް “އަތްބާނަން” މަސައްކަތް ކޮށްފައިނުވާކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި ކައުންސިލްގެ މަސައްކަތްކެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމުގެ ޔަގީންކަންވެސް ނަރީޝް ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: