ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން ވޯޓުން ވައްކަން ކުރިގޮތް އަދި ރައްޔިތުންނަށް އެނގޭނެ: ނަރީޝް

މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އެމްޑީޕީން ވޯޓުން ވައްކަން ކުރިގޮތް އަދި ރައްޔިތުންނަށް އެނގޭނެ ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިހެން ވިދާޅުވީ އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. އަލްހާން ވިދާޅުވީ 2019 ގެ ރިޔާސީ އިންތިހާބުގައި އޭނާ ސަޕޯޓު ކުރެއްވީ ރައީސް ޔާމީނަށް ކަމަަށާއި ނަމަވެސް އިންތިހާބުގެ ނަތީޖާ ބަދަލުކުރަން ކޯޓަށް ދިއުމުން އެކަމުގެ އެންމެ ބޮޑު ހުރަހަކަށްވީ އޭނާ ކަމަށެވެ.

ނަރީޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމީ އުއްމަތެއްގެ ވެރިކަމަކީ الله ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން މަތިކުރެވޭ ވަރަށް މަތިވެރި އަމާނާތެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރީ ކިހިނެތްކަން އަދި ކިޔައިދޭނެ ކަމަށާއި ވޯޓުން ވައްކަން ކުރިގޮތް އަދި ރައްޔިތުންނަށް އެކަން ކުރި މީހުން ކިޔައިދޭނެ ކަމަށެވެ.

“އިންޑިއާގެ ރޯ ދިވެހިރާއްޖޭގައި ރައީސް ޔާމީންގެ ވެރިކަން ފުރޮޅާލަން ސޯލްޓް ނަމަކަށް ކިޔާ ރެސްޓްރަންޓް ހުންނަ އިމާރާތުގައި ސްޓޭޝަންވެގެން ތިބެ ހިންގީ ކޮން ޖަރީމާތަކެއްކަންވެސް އަދި ކިޔައިދޭނެ!” ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ މިއަދު ވެރިކަމުގެ ހުރިހާ އާރަކާއި ބާރެއް އެމްޑީޕީއަަށް ދިނީމަ، ދީން މަތިވެރިއެއް ނުކުރެވުނު ކަމަށާއި މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތް ނުކުރެވުނު ކަމަށެވެ. އަދި ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ނުކުރެވި ގައުމުގެ އިޤްތިސާދު ކޮޅަށް ނުޖެހުނު އަދި ދިވެހީންގެ ދިވެހު ވަންތަކަން ދަމަހައްޓާނުލެވުނު ކަމަށް ނަރީޝް ވިދާޅުވިއެވެ.

”ކޯޓްތަކަށް ހަމަ ހަޤީގަތުގައިވެސް އަތާއި ފަޔާ ބާނައިގެން ވަކި ގޮތަކަށް ހުކުމް ނެރެގެން މާލީ މަންފާ ހޯދަން ވިޔަފާރި ކުރަން މަސައްކަތް ކުރަމުން ދިޔަ މީހަކު ކޯޓުތެރެއިން ވަގަށް ނަގާފައިވާ ރައްޔިތުންގެ ވޯޓްގެ މައްސަލަ، ދީބާޖާ ނަމަކަށް ކިޔާ ކުންފުންޏަކަށް ރައްޔިތުންގެ ފައިސާއިން 300 މިލިއަނަށްވުރެ ގިނަ ފައިސާ ހޯދަންމަސައްކަތް ކޮށް އޭގެ 50 އިންސައްތަ އަމިއްލަ ޖީބަށް ކަހާލަން ކުރުވި ހުކުމް އޮޅާލީމާ ތިޔަވަރުގެ ޓްވީޓްތައް ވެސް އަންނާނެ.” ނަރީޝް ވިދާޅުވިއެވެ.

ނަރީޝް އިތުރަށް ވިދާޅުވީ އިންޑިއާ ބޭނުންވާ ގޮތަށް ރައްޔިތުންގެ ހައްޤު ގެއްލުވާލަން ހުކުމް ނެރެން ޖީބަށް ކަހާލި ވަރުވެސް އަދި ކިޔައިދޭނެ މީހުންނާއި ވަގުތު ލަސްނުވެ ރައްޔިތުންނާއި ބައްދަލުކުރާނެ ކަމަށެވެ.

“ގައުމު އާރާސްތު ނުކުރެވުނު، ތައުލީމީ ނިޒާމާއި ސިއްޙީ ނިޒާމް ސުންނާފަތި ކޮށްލި ބަޔެއްގެ ވެރިކަން ދިފާއު ކުރަން ހުރެ ތިޔަވަރުގެ ޓްވީޓެއް ކޮށްފައި އޮތްތަން ފެނުމުން ހައިރާނެއް ނުވޭ” ނަރީޝް ވިދާޅުވިއެވެ.

الله ސުބުޙާނަހޫ ވަތަޢާލާ ހައްޤަށް ނަސްރު ދެއްވާ އެކަލާނގެ ދީން ހިމާޔަތް ކުރައްވާ ރައްޔިތުންގެ ދުޢާ އިޖާބަކުރައްވާ ތަން މާލަސްތަކެއް ނުވެ އެކަލާނގެ އިރާދަފުޅާއި މިންވަރުފުޅުން މި ފަސްގަނޑުން ފެނިގެންދާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 21%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: