ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަން ދުވަސް ފާހަގަ ނުކުރަނީ، ގައުމުގެ މިނިވަންކަމެއް ނެތްކަން ރައީސް ގަބޫލު ކުރައްވާތީ: ނަރީޝް

މިނިވަން ކުރޭގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގައި މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް ވާހަކަ ދައްކަވަނީ/ ފޮޓޯ: މުހައްމަދު މާހީ - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ނަމުގައި މި އަހަރުގެ މިނިވަން ދުވަސް ފާހަގަ ނުކުރުމަށް ދިވެހި ސަރުކާރުން ނިންމެވުމުން ދޭހަވަނީ، ގައުމު އަޅުވެތިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގަބޫލު ކުރައްވާ މިންވަރުކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ޖުލައި 26 ގެ ޖަލްސާ އާއި، ފުޅަނދުބުރު އަދި ހަވާ އެރުވުމުގެ ހަރަކާތްތައް އިއުލާނު ކުރުމަށް ފަހު ހަރަދުތައް ކުޑަ ކުރުމަށްކަމަށް ބުނެ ސަރުކާރުން ވަނީ އެ ނިންމުން ބާތިލުކޮށްފަ އެވެ.

ހޯމް މިނިސްޓްރީގެ ފަރާތުން މީޑިއާތަކަށް ބުނީ މި އަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ ދިދަ ނެގުމުގެ ހަރަކަތް އެކަނި އެވެ. އަދި މިނިވަން ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އާއި، ދައުލަތުގެ އިސްވެރިން އަދި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނާއި އެކު ކުރިޔަށް ގެންދާ ޖަލްސާ ކެންސަލްކޮށްފައިވާކަމަށް މައުލޫމާތު ދިނެވެ.

މީގެއިތުރުން ޑިފެންސް މިނިސްޓްރީން ވެސް ވަނީ، ހަވާ އެރުވުމުގެ ހަރަކާތް ކުރިޔަށް ނުގެންދިއުމަށް ނިންމާފައިވާކަމަށް ބުނެފަ އެވެ.

ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއަށް އަމަލު ކުރުމަށްކަމަށް ބުނެ، މިނިވަން ދުވަހުގެ ހަރަކާތްތައް ކެންސަލް ކުރިނަމަވެސް އައްޑޫ ސިޓީގައި “ދިވެހި ފަންނާނުންގެ އީދު” ޝޯވ ކުރިޔަށް ގެންދާނެ އެވެ. މިއީ ރާއްޖޭގެ ފަންނާނުންނާއި އެކު ކުރިޔަށް ގެންދާ މިއުޒިކް ހަރަކާތެކެވެ.

ސަރުކާރުގެ ނިންމެވުންތައް މީޑިއާތަކުގައި ރިޕޯޓު ކުރުމުން އެކަމަށް ފާޑުކިއުން އަމާޒުކޮށް ނަރީޝް ވިދާޅުވީ، މިއީ މިނިވަންކަން ގެއްލި އަޅުވެތިވެފައިވާތީ ސަރުކާރުން ނިންމި ނިންމުމެއް ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި މިނިވަން ދުވަސް ފާހަގަ ކުރެވޭނީ، އެ މިނިވަންކަން އަލުން އަނބުރާ ހޯދައިގެންކަމަށް އޭނާ ވިދާޅުވި އެވެ.

ނަރީޝް ވިދާޅުވީ ރާއްޖޭގެ މިނިވަން ދުވަސް އޭގެ އަސްލީ މާނައިގައި ކާބަފައިންނާއި މިގައުމުގެ މިނިވަންކަމުގެ ދިފާއުގައި ޝަހީދުވި އަބްތޯލުންގެ ޒިކުރާ އާ ކުރެވޭނީ ރާއްޖެ އިންޑިއާގެ އަޅުވެތިކަމުން ސަލާމަތްކޮށްގެން ކަން މިއަދު ގައުމުގެ ރައީސަށް ވެސް ފަހުމުވެފައިވާކަމަށެވެ. 

އިގްތިސާދީ ހާލަތު ދަށްވެ، މާލީ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ހަރަދުތައް ކުޑަ ކުރުމަށް އަންގައި ސާކިއުލާ އެއް ނެރުނު ނަމަވެސް ސަރުކާރުން އަދިވެސް ގެންދަވަނީ ބޮޑެތި ހަރަދުތަކެއް ކުރައްވަމުންނެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމުތައް އުފެއްދުމާއި، ދައުލަތުގެ އިސްވެރިން ބޮޑެތި ވަފުދުތަކާއި އެކު ރާއްޖެެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތައް ފާހަގަ ކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: