ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓު ފަސްކުރަން ބުނަނީ ރޯދަ މަހު ވޯޓާސް ޓާން އައުޓް ދަށްވާނެތީ: ޕީއެންއެފް

ކުރީގެ ރައީސް ޔާމީން އަދި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަމަހުގެ ތެރޭގައި ބޭއްވުމުގައި އޮތްބިރަކީ ވޯޓާ ޓާންއައުޓް ދަށްވުންކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ، އިންތިހާބު ބާއްވާ ތާރީހުގެ 120 ދުވަސްކުރިން އީލެކްޝަންސް ކޮމިޝަނުން އެކަމުގެ އިންތިޒާމުތައް ނިންމަންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި ދެވަނަ ބުރަކަށް ގޮސްފި ހާލަތެއްގައި 15 ދުވަހުގެ ތެރޭގައި ވޯޓު ނެގޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށްވެސް ގާނޫނުގައިވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފާހަގަކުރެވިފައިވާ މައްސަލަތައް އީސީއާއި ހިއްސާކުރެއްވިކަަމަށެވެ. އަދި އިންތިހާބު ފަސްކުރުމަށް ގާނޫނީ ހުރަހެއް ނެތްކަމާއިމެދު ކޮމިޝަނުންވެސް އިންކާރު ނުކުރާކަމަށްވީނަމަވެސް އެކަން ނުކުރުމަށްޓަކައި އެހެނިހެން ހުއްޖަތުތައް ދައްކަމުންދާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރޯދަމަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އެއްބަޔަކު އެދެމުންދާ ވާހަކަ އާއި ސުކޫލު ބަންދުތަކާއި ދިމާވާކަމަށްވުމުންނާއި އިމްތިހާނުތަކެއްވެސް އެ ދުވަސްވަރު އެތަންތަނުގައި ބޭއްވުމަށް ކަނޑައެޅިފައިވާކަމަށްވުމުން ހޯލުތައް ހޯދުމުގައިވެސް ދަތިތައް ކުރިމަތިވެގެންދާނެކަމުގެ ވާހަކަ ކޮމިޝަނުން ބުނާކަމަށެވެ. އަދި މީހުން ތަމްރީނުކުރުން ފަދަ މަސައްކަތްތައް ކުރަން ހުރި ވާހަކަވެސް ހިއްސާކުރާކަމަށް ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ، އެ ވާހަކަތަކަށް ޖަވާބެއްގެ ގޮތުގައި މިއީ ހާއްސަ ހާލެއްކަމަށް ދަންނަވާފައިވާނެކަމަށާއި ފަސްކުރުމަށް ގާނޫނީ ފުށުއެރުމެއް ނާންނަކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ރޯދަ މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސްއިން މަސައްކަތްކުރަމުންދާ ސަބަބާއިމެދު އޭނާ ސުވާލު އުފެއްދެވިއެވެ.

އޭނާ ވިދާޅުވީ، އިލެކްޝަންސްއަކީ ހަމައެކަނި އިންތިހާބުތައް ބާއްވަން ތަންތަން ހަމަޖެއްސުމަށް އޮތް މުއައްސަސާއެއް ނޫންކަަމަށެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެސީގެ އެންމެ މުހިންމު އެއް އަސާސަކީ ޕާޓިސިޕޭޝަންކަަމަށެވެ. އަދި އޭނާވަނީ ވޯޓުލާ މީހުންގެ އަދަދުތައް ގިނަކުރުމާއި ގިނަ އަދަދަކަށް މީހުންނަށް ބައިވެރިވެވޭނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަކީ މެންޑޭޓުގައި ހިމެނޭ ކަންކަން ނޫންތޯ ޖަމީލު ސުވާލު އުފެއްދެވިއެވެ.

އޭނާ ވިދާޅުވީ، ކޮމިޝަނުން އެކަމަށް އިންކާރު ނުކުރާކަމަށެވެ. އެހެންކަމުން ރޯދަމަހުގެ ތެރޭގައި އިންތިހާބު ބާއްވައިގެން ނުވާނެކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރޯދަ މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގައ އޮތް ބިރަކީ ވަރަށް ބޮޑަށް ވޯޓާ ޓާންއައުޓް ދަށްވެގެން ދިއުންކަމަށެވެ. އަދި ވޯޓުލުން ކުރިއަށް ގެންދާނީ އެންމެ ދުވަހަކަށް ކަމަށްވާއިރު، ދިމާވެފައިވާ ދަތިތަކަށް ސަރުކާރާއި މަޝްވަރާތައް ކޮށްގެން ހައްލެއް ލިބިގެން ނުދާނެތޯ ވެސް އޭނާ ސުވާލު އުފެއްދެވިއެވެ.

ޖަމީލު ވިދާޅުވީ، ދައްކަމުންދަނީ ރައްޔިތުންގެ މަސްލަހަތު އެކަމާއި ގުޅިފައިވާ ކަންކަމުގެ ވާހަކަކަމަށެވެ. އޭނާ ވިދާޅުވީ، އިންތިހާބަށް ބޭނުންވާ މުއައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްތައްވެސް އެއީ ދިގު ދެމިގެންދާނެ މަސައްކަތްކެއް ނޫންކަމަށެވެ. އަދި އިލެކްޝަނުންވެސް އެކަމާއި އިންކާރު ނުކުރާއިރު އަދިވެސް ވިސްނާނެކަމަށް ކޮމިޝަނުން ބުނެފައިވާކަންވެސް ޖަމީލު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ ނޫން އެހެން ޕާޓީތަކުން ރޯދަމަހަށްފަހު އިންތިހާބު ބޭއްވުމަށް އެއްބަސްވާކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާކަަމަށެވެ. އަދި އެހެންކަމަށްވުމުން ފަސްކުރުމަށް އުޒުރުވެރިވާކަމަށް ކޮމިޝަނުން ބުނާކަމަށްވާއިރު، އެހެން ނަޒަރިއްޔާއަކުން ކަންކަން ދެކުން މުހިންމުކަމަށް ހިއްސާކުރެއްވިއެވެ. ޖަމީލު ވިދާޅުވީ ވަކި ބަޔަކު ބޭނުންވާތީ ރޯދަމަހުގެ ބޭއްވުމުން އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަމާއިމެދު ސުވާލު އުފެއްދުމަށް ޖާގަ ލިބޭކަަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: