ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަށް ހިއްކުމަށް ނިންމާފައިވާ 3 ރަށް ގުޅާލުމަށް ރައީސް ވިދާޅުވުމުން ހިތްހަމަޖެހުމެއް ލިބުނު: އާޒިމް

ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރުތިލަފަޅާއި، ގިރާވަރު ފަޅާއި އަދި ގުޅީފަޅު ހިއްކާ އެއްރަށް އަނެއް ރަށާއި ގުޅާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން އެކަމާއި އުފާރައްވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ އާޒިމް ވިދާޅުވީ ހިއްކަން ނިންމާފައިވާ ތިން ބިން ހިއްކައި އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިމުމަކީ އުންމީދު ކުރައްވާކަމެއް ކަމަށެވެ. ގުޅީ ފަޅާއި، ގިރާވަރު ފަޅާއި އަދި އުތުރުތިލަފަޅާއި ބްރިޖަކުން ގުޅާލުމަކީ ކެމްޕެއިން ތެރޭގައި އެންމެ ގިނައިން ދެއްކި ވާހަކަ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެންމެ ފުރަތަމަ ފަހަރަށް ރައިސް އެ ތިން ރަށް ގުޅާލާނެ ކަމަށް ވިދާޅުވުމުން  އެކަމާ އުފާ ކުރައްވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެކަމުގެ ސަބަބުން މާލޭގެ ރައްޔިތުންނާއި ދަފްތަރުގެ ރައްޔިތުން ވެސް ޝުކުރުވެރި ވާނެ ކަމަށެވެ.

ކުރީގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ފެށި “ބިންވެރިޔާ ސްކީމް” ގެ ދަށުން ގިރާވަރު ފަޅާއި، ގުޅީފަޅާއި އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށް ރައިސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ފޮލިސީ މުހައްމަދު ފިރުޒުލް ވެސް ވަނީ ވިދާޅުވެފައެވެ. “މާލެ ބިންވެރިންގެ ސައްލާ” ނަމުގައި ސަލްޓަން ޕާކްގައި ބޭއްވި ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތިތައް ދިނުމަށް ނިންމާފައިވާ ސަރަހައްދުތަކުގައި މީހުން އާބާދުކޮށް ދިރިއުޅުމަށް އެކަށީގެންވާ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި މުހިންމު ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ.

އެ ބިންތައް ހިއްކައި އެތަންތަނުގެ އަސާސީ އިންފްރާސްޓްރަކްޗަރ ގާއިމު ކުރަން ޖެހޭކަމަށާއި ފެނާއި ނަރުދަމާއާއި، މަގުތަަކާއި އަދި ކަރަންޓު ވެސް ގާއިމު ކުރަން ޖެހޭ ކަަމަށް ފިރުޒުލް ވިދާޅުވިއެވެ. އެ ތަންތަނަށް ފަސޭހަކަމާ އެކުގައި ދަތުރުފަތުރުކޮށް ވާސިލްވެ އުޅެވޭނެ ގޮތެއް ތަނަވަސް ކުރަން ޖެހޭކަމަށާއި މި ހަތަރު ކަންތައް އޭގެ ޒާތުގައި ފުރިހަމަވުމުން ފަސޭހަކަމާއެކު ކޮމިއުނިޓީއެއްގެ ގޮތުގައި އެ ތަންތަނުގައި ދިރިއުޅެވޭނެ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

އެއް ކަމަކަށް ރަޖިސްޓްރީ ހަވާލު ކުރަން ޖެހޭ އިރު، ދެވަނަ ކަމަކަށް އެ ބިންތަކުގެ ބޮޑު ބައެއް ހިއްކައި، ފުރިހަމަ ކުރަން ޖެހިފައިވާ ކަމަށްވެސް ފިރުޒުލް ވިދާޅުވެފައިވެއެވެ. ފިރުޒުލް ވިދާޅުވީ މި ހަތަރު މަސައްކަތް ވެސް އެކުއެކީގައި އެއްވެސް ހުއްޓުމެއް ނެތި ހިނގަމުންދާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ޔަގީންކަން ދެއްވާ ކަމަށެވެ. އެގޮތުން ބިން ހިއްކަމުންދާ ވަރަކަށް ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި ވަގުތީ ގޮތުން ލިޔުމެއް ދެވެން އޮތް މީހަކަށް ލިޔުމެއް ދިނުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ހިއްކަމުން އަންނަ ރަށްތައް ގުޅާލުމަކީ ރައީސް މުއިއްޒުގެ ވައުދެއް ކަމަށެވެ. އަދި މިހާރު ވެސް މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: