ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތި ލިބުނު މީހުންނަށް ޔަގީންކަން ދޭން ޕޯޓަލް މެދުވެރިކޮށް ލިޔުމެއް!

ގިރާވަރާއި ގުޅީފަޅު އަދި ހުޅުމާލެއިން ގޯތި ދިނުމަށް ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމުގެ ދަށުން ނިމިދިޔަ ސަރުކާރުން ދިން ގޯތި ލިބުނު މީހުންނަށް އެކަން ޔަގީންކޮށް ދިނުމުގެ ގޮތުން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގޯތި ލިބިފައިވާ ކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ ގޯތި ލިބުނު ފަރާތްތަކަށް އިތުރު ޔަގީންކަމެއް ދިނުމުގެ ގޮތުން 08 އޭޕްރިލް ގައި ގޯތި ލިބިފައިވާ ކަމުގެ ލިޔުން ހަވާލުކޮށްފައިވާ ކަމަށެވެ. އެ ލިޔުން ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު ސޮއި ކުރެއްވުމަށްފަހުކަމަށް ބަޔާނުގައި ވެއެވެ.

ހައުސިން މިނިސްޓްރީން ބުނެފައި ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ހިންގުނު “ބިންވެރިޔާ ސްކީމް” ގެ ދަށުން ބަންޑާރަ ގޯތި ލިބުނު ފަރާތްތަކަށް ލިބިފައިވާ ގޯތިތައް މިސަރުކާރުން ހަވާލުނުކުރާބެ ކަމުގެ ތުހުމަތުތައް އެކި ސިޔާސީ ޕާޓީތަކުން ކުރަމުން ދާކަމަށެވެ. އަދި އެއީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަަމަށާއި ސަރުކާރުން ވީއެންމެ އަވަސް މުއްދަތުގެ ތެރޭގައި ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ގޯތި ހާވާލުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށްވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން މިހާރު ދީފައިވާ ލިޔުމާއި އެއްގޮތައް ގޯތި ލިބިފައިވާ ހުރިހާ އެންމެނަށް އެ ގޯތިތައް ހަވާލު ކުރައްވާނެ ކަމުގެ ޔަގީކަން އެމިނިސްޓްރީން ވަނީ ދީފައެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކޮށްފައިވަނީ ހުޅުމާލޭ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: