ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތި ލިބުނުކަމުގެ ލިޔުމާއި ހަވާލުވާން އިތުރު ފުރުސަތު!

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މަޖިލީހުގެ ކޮމިޓީގައި. ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން ލިޔުމާއި ހަވާލު ނުވާ ފަރާތްތަކަށް ލިޔުމާއި ހަވާލުވުމަށް އިތުުރު ފުރުސަތު ދިނުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް ނެރުން ނޫސް ބަޔާނުގައި ހައުސިން މިނިސްޓްރީއިން ބުނީ، މި ސްކީމްގެ ދަށުން ޖުމްލަ ދޫކޮށްފައިވަނީ 9،003 ގޯތިކަމަށެވެ. ނަމަވެސް ބިމުގެ ރަޖިސްޓްރީ އަދި ބިން ލިބުނުކަމުގެ ލިޔުމާއި ހަވާލުވީ 8،394 މީހުންކަމަށް މިނިސްޓްރީއިން ބުނިއެވެ.

މިހާރު އަންނަ ހަފްތާގެ ބުދަ ދުވަހާއި ހަމައަށް ލިޔުމާއި ހަވާލުވުމަށް ހުޅުވާލާފައިވާއިރު، ލިޔުމާއި ހަވާލުވުމަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓުމެންޓު ހެއްދޭނެއެވެ.

މި ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލޭ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. ހުޅުމާލެއިން ދޫކުރުމަށް ނިންމާފައިވަނީ 1،351 ގޯއްޗެވެ. ގުޅީފަޅުން 2،219 ދޫކުރާއިރު، ގިރާވަރުފަޅުން ދޫކުރަން ހަމަޖެހިފައިވަނީ 5،433 ގޯއްޗެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: