ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިންވެރިޔާ އެގްރިމެންޓުގައި ސޮއިކޮށް 8000 އަށްވުރެ ގިނަ މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށްފި

ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއު. ފޮޓޯ: އާބަންކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ބިމާއި ގުޅިގެން އެގްރިމެންޓުގައި ސޮއިކޮށް 8،250 މީހަކަށް ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ “ބިންވެރިޔާ ސްކީމް” ގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކާއި ގުޅިގެން މިހާތަނަށް މަސައްކަތް ކުރިޔަށް ގެސްގޮސްފައިވާ ގޮތުގެ ތަފްސީލް އާންމުކޮށްފައެވެ.

މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކުގެ ތެރޭގައި 118 މީހަކަށް ބިން ލިބިފައިވާކަމުގެ ލިޔުން ހަވާލު ކޮށްފައިވާއިރު ލިޔުން ހަވާލު ނުކުރާ 303 މީހުން ތިބި ކަމަށް ވެއެވެ.

އެފްލިކަންޓުން ބިން ދޫކޮށްލަން އެދިފައިވާތީ ސޮއި ނުކުރެވި 16 މީހުން ތިބިކަމަށް އެ މައުލޫމާތު ތިބިއިރު އެފްލިކަންޓުން ނިޔާވުމުގެ ސަބަބުން ސޮއި ނުކުރެވި ހުރި 12 މީހުން ތިބިކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުގެ ސަބަބުން ސޮއި ނުކުރެވި މީހުންގެ އަދަދަކީ 120 ކަމަށް މިިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

އެގްރިމެންޓް ސޮއިކޮށް ރަޖިސްޓރީ ހަވާލު ކުރުމުގެ މަސައްކަތް 212 މީހަކަށް ކުރަމުން ގެންދާކަމަށާއި އެ އަދަދުގެ ތެރެއިން ގިނަ މީހުންނަށް ސޮއި ކުރުމަށް ދެވަނަ ފުރުސަތުވެސް ދީފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

“ބިންވެރިޔާ ސްކީމް” ގެ ދަށުން ބިންތަކުގެ އެގްރިމެންޓުގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލު ކުރުމުގެ އިތުރުން ގޯތި ލިބިފައިވާކަމުގެ ލިޔުން ހަވާލުކުރެވިފައިނުވާ މީހުންނަށް ގުޅުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން ގެންދާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: