ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު 1.4 ބިލިއަން ހޯދި، ރައީސް މުއިއްޒުއަށް ލިބުނީ 130 މިލިއަން ޑޮލަރު: އިބްރާހިމް ވަހީދު

އިބްރާހިމް ވަހީދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާއަށް ކުރެއްވި ދަތުރުން ލިބިވަޑައިގެންނެވި އަދަދުގެ 10 އިންސައްތަވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޚުގެ ތެރެއިން ނުލިބޭކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިބްރާހިމް ވިދާޅުވީ، ގައުމުތަކަށް ވެރިކަން ކުރާ ދަތުރުތަކުން ކާމިޔާބީތަކެއް ހާސިލުކުރެވުނު މިންވަރު މިނާނީ އެ ދަތުރުން ގައުމަށް ލިބުނު ތަކެއްޗަށް ނުވަތަ ކަންކަމަށް ރިއާޔަތްކޮށްކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ކުރެއްވި ދަތުރުގެ ފުރިހަމަ ކަމުގެ ވާހަކަ އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް ސިޔާސީ މީހުން ދައްކަވަމުންދާކަމަށްވުމުން އެ ވާހަކަތަކުގެ ހަގީގަތް ބެއްލެވިކަމަށެވެ.

އިބްރާޙިމް ވިދާޅުވީ، ރައީސް މުއިއްޒު އަދި ރައީސް ސާލިހުގެ ފުރަތަމަ ދަތުރު އަޅާކިޔާއިރު ރައީސް މުއިއްޒަށް ޗައިނާއިން ލިބިގެންދިޔައީ ޗައިނާއިން 130 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓުކަމަށެވެ. އޭނާ ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގެންނެވީ ތަކެތި ކަމަށާއި އެއްވެސް ފައިސާއެއް ލިބިވަޑައިގެންފައިނުވާކަަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ޕްރޮޖެކްޓުތަކުގެ ތެރޭގައި އެންމެ މައިގަނޑު ކަންކަމުގެ ގޮތުގައި ހިމެނެނީ މާލޭގެ މަގުތައް ހެދުމާއި ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް ހެދުމުގެ މަަސައްކަތްތައްކަމަށެވެ. އިބްރާހިމް ވިދާޅުވީ، ބައެއް ރަށްތަކުގެ ލެބުތަކަށް ސާމާނު ދިނުމުގެ މަސައްކަަތްތައްވެސް ހިމެނޭކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ހޯއްދެވި ވަރާއި ގާތް ކުރާ އަދަދެއް ރައީސް ސާލިހަށް ލިބުނުތޯ ބަލާއިރު، އެމަނިކުފާނު އެންމެ ފުރަތަމަ ކުރެއްވި ދަތުރުން އިންޑިއާއިން 1.4 ބިލިއަން ޑޮޮލަރު ހޯއްދެވިކަން ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ އެ އަދަދުން 1.2 ބިލިއަން ޑޮަލަކީ ޕްރޮޖެކްޓުތައް ފަދަ ކަންކަން ކަމަށްވާއިރު ބާކީ 200 މިލިއަން ޑޮލަރަކީ ފައިސާގެ ގޮތުގައި ދިން އެހީކަމަށެވެ.

އިބްރާހިމް ވިދާޅުވީ، ރައީސް ސާލިހު ކުރެއްވި ދަތުރުގެ ދިހަ އިންސައްތަވެސް ރައީސް މުއިއްޒުއަށް ނުލިބުނުކަމަށާއި އެ ހާލަތުގައި އެއީ ކާމިޔާބު ދަތުރެއްކަމަށް ބުނާނެ ގޮތަކާއިމެދު އޭނާ ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒުގެ “ހޮޅި” ވާހަކަތައް ނުސިހި ކުރަމުން އައި ގޮތަށް މަސައްކަތްތައް ކުރަމުންގޮސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް އެމަނިކުފާނަށް ސައިޒު ދައްކާލަންޖެހޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 7%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. 1.4 ބިލިއަން 60 މަހަށް ބަހާލީމަ އަންނަނީ ކިހާވަރެއް؟
    130 މިލިއަން 3 މަހަށް ބަހާލީމަ އަންނަނީ ކިހާވަރެށް ؟

  2. ޜައީސް ސޯލިހު 1.4 ބިލިޔަން ހޯދައިގެން އެބަނޑުއެޅީ އޭގެން ރައްޔިތަކަށްވީ ކަމެއހަރާން ނުވިތާކައް ދައުލަތުގެ ޚަޒާނާވެސް އާއިލީމީހުންނާއި ރައްޓެހިންނަށް ބަހާލީ

  3. 1.4 އިން ކުރި ކަމަކީ ކޮބާ؟ ދައުރު ނިމި ދަރަނިތައް ކަނޑަން ލިބިފައި ވަނީ ރައީސް މުއިއްޒަށް. �� ަ1.4 އިން ކުރި ޚަރަދު އެނގެން ބޭނުން….؟؟؟؟؟؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: