ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވަސްކޮޅަކުން ޕީޖީ އޮފީހުން ދޭނީ ލަގްޒަރީ ފެންވަރުގެ ހިދުމަތް: ޕީޖީ ޝަމީމް

ޕީޖީ ހުސައިން ޝަމީމް: ފޮޓޯ/ ޕީޖީ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދާދި އަވަހަށް ރިސޯޓުތަކުގައި ފަތުރުވެރިންނަށް ލިބިގެންދާ ފެންވަރުގެ ހިދުމަތެއް ޕީޖީ އޮފީހުން ފޯރުކޮށްދޭނެކަމަށް ޕްރޮސެކިއުޓާރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް ގެންގުޅުއްވާ އަމިއްލަ ބްލޮގެއްގައި ހާމަކުރެއްވިގޮތުން އޭނާ ގެންދަވަނީ ޕީޖީ އޮފީހުން ދެމުންދާ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ. ޝަމީމް ވިދާޅުވިގޮތުން، ރާއްޖޭގެ ފަތުރުވެރިކަން ލަގްޒަރީ ބްރޭންޑެއްގެ ގޮތުގައި ބިނާކުރެވިފައިވާ ގޮތަށް ޕީޖީ އޮފީހުން އާންމުންނަށް ދޭ ހިދުމަތްތައް އެ ފެންވަރުގައި ފޯރުނުކޮށްދެވެންވީ ސަބަބެއް ފެނިވަޑައިނުގަންނަވާކަމަށެވެ.ދ

ދުނީޔެގެ އެންމެ މަތީ ފެންވަރުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓު ވިއްކާ ގޮތާއިމެދު ޝައުގުވެރިވަޑައިގަންނަވާކަން ހިއްސާކުރައްވާ ޝަމީމް ވިދާޅުވީ، އޭނާ ކުރައްވާ މަަސައްކަތްތައްވެސް އެ ފެންވަރުގައި ކުރުމާއިމެދު އަބަދުވެސް ހިޔާލުކުރައްވާކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވިގެންދާ ފަދަ ލަގްޒަރީ ސާވިސްއަކަށް ޕީޖީ އޮފީހުގެ ހިދުމަތްތައް ހެއްދެވުމުގެ މަސައްކަތްތައް ފަށާފައިވާކަން ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މިހާރުވެސް މަޑު ދުވެއްޔެއްގައިނަމަވެސް އެ މަސައްކަތްތައް ކުރެވެމުން އަންނަކަމަަށާއި އެހެންކަމުން ދާދި އަވަހަށް ރާއްޖޭގެ އާންމު ހިދުމަތްތައް ދޭ އޮފީސްތަކުން އެފަދަ ފެންވަރެއްގައި ހިދުމަތްތައް ފޯރުކޮށްދެވޭނެކަމަށާއި އޭނާގެ ތަސައްވުރަކީ ބިނާކުރާ ނިޒާމު ސިވިލް ސާވިސް ހިދުމަތްތައް ބައްޓަންކުރުމުގައިވެސް ބޭނުންކުރެވުންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: