ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓާ ޖެނެރަލް އޮޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ،އަދި ޤާނޫނުން ޕްރޮސެކިއުޓާ ޖެނެރަލްއާ މަތިކޮށްފައިވާ ޒިންމާތަކާ ގުޅިގެން ނުވަތަ ޖިނާޢީ ޢަދުލުގެ ނިޒާމާއި ގުޅިގެން ސީދާ ޕްރޮސެކިއުޓާ ޖެނެރަލްގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަންކަމާމެދު ސުވާލު ކުރުމުގެ ފުރުޞަތު ޕީޖީ އޮފީހުން ހުޅުވާލައިފިއެވެ.

ޕީޖީ އޮފީހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އެ އޮފީހުގެ މަސައްކަތްތަކާ އަދި ސަމާލުކަމަށް ގެންނަން ބޭނުންވާކަމެއް އޮތްނަމަ އެ އޮފީހުގެ އީމެއިލްއަށް މިއަދުނެ ފެށިގެން މެއިލް ކުރެވޭނެކަމަށެވެ. އަދި މި އީމެއިލްއަށް ފޮނުވާ މެއިލްތަކުގެ ތެރެއިން ޕްރޮސެކިއުޓާ ޖެނެރަލް ޖަވާބެއް ނުވަތަ ރަޢުޔެއް ދޭންޖެހޭނަމަ، އެ އީމެއިލްއަށް ޖަވާބުދެއްވާނީ ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޒް ހުސައިން ޝަމީމްކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ކުރާ އީމެއިލްތަކަށް ވަކި ޖަވާބެއް ނުދިންކަމުގައި ވިޔަސް ޕީޖީ އޮފީހުގެ މަސައްކަތްތައް ބައްޓަންކުރުމުގައި، އީމެއިލްތައް މެދުވެރިކޮށް ހިއްސާކުރާ ކަންކަމަށް ރިޢާޔަތް ކުރައްވާނެކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

މިގޮތައް މިކަން ކުރުމުގެ މަގްސަދަކީ ޖިނާޢީ ޢާދުލުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުޜާ މަސައްކަތުގައި އާއްމުންގެ ހިޔާލާއި މަޝްވަރާ އާއި ބައިވެރިވުން އިތުރުކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމްގެ އިސްނެންގެވުމުގެ މަތިން ކުރާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: