ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓާގެޓަކީ މަޖިލިސް އިންތިހާބުގައި ސުޕަރ މެޖޯރިޓީ: ރައިސް މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީ ކޯލިޝަނުގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާގޮތް ބައްލަވާލައްވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ޓާގެޓަކީ މަދުވެގެން 62 ގޮނޑިއާއެކު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބެއްލެވުމަށްޓަކައި ރައީސް ވަނީ ހެންވޭރު ދަނޑުގައި ހުރި ވޯޓުލާ މަރުކަޒުތަކަށް ވަޑައިގެން މީޑިއާތަކާ ބައްދަލުކުރައްވާފައެވެ. އަދި ރައީސް ވިދާޅުވީ ސުޕަރ މެޖޯރިޓީ ހޯދޭނީ ރައްޔިތުންގެ ތާއީދާއެކީ ކަމަށާއި އެ ތާއީދު ލިބުމަކީ އުންމީދު ކުރައްވާ ގޮތް ކަމަށެވެ.

ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ކުރިއަށް ނެރެ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށާއި ހަފުތާ 14 ގެ ތެރޭގައި ހިމެނިގެން ކަނޑައަޅާފައި ހުރި ހުރިހާ ކަމެއް ހާސިލް ވަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ހުރިހާ އާންމު މެމްބަރުންގެ އެއްބާރުލުން ބޭނުންފުޅުވާކަމަށެވެ. އަދި ޕްރައިމަރީ ކާމިޔާބު ނުކުރެވުނު ނަމަވެސް އެބޭފުޅުން ވަނީ އަމިއްލަ ގޮތުން ނުނިކުންނާނެ ކަމަށް އިގުރާރު ވެފައި ކަމަށެވެ. އެހެންކަމުން ކުރިއަތް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެބޭފުޅުންގެ ވެސް ފުރިހަމަ ތާއިދު ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ރައިސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ސަރުކާރުގެ އެކި މަގާމުތަކަށް ޕީއެންސީ ކޯލިޝަންގެ މަޖިލިސް މެންބަރުން ލުމާއެކު މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ މެންބަރުންގެ އަދަދު ހަތަރަކަށް ވެއްޓުނެވެ. ނަމަވެސް އެއަށްފަހު އެމްޑީޕީގެ 13 މެންބަރަކު ޕީއެންސީއާ ގުޅުމާއެކު މިހާރު އެ ޕާޓީ ވަނީ މަޖިލީހުގެ މައިނޯރިޓީކަން ހޯދާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: