ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅަށް މަޖިލިސް ލިބިގެން އަންނާނެ ތަރައްގީއެއް ނޯންނާނެ: ޔޫތު

ޕީއެންސީ ގަމު ދާއިރާގެ ކެންޑިޑޭޓު ޔޫސުފް ނަޝީދު: ފޮޓޯ/ ޕީޕީއެމް/ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ ބާރުވެރިކަން ދީގެން ރައްޔިތުންނަށް އެކަމުގެ ސަބަބުން ލިބިގެންދާނެ މަންފާތަކެއް ނޯންނާނެކަމަށް ޕީއެންސީގެ ފަރާތުން ގަމު ދާއިރާއަށް ވާދަ ކުރާ ކެނޑިޑޭޓު ޔޫޔުފް ނަަޝީދު (ޔޫތު) ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ކެނޑިޑޭޓު ޔޫސުފް ވަނީ ރައީސް އޭނާއަށް ކުރައްވާ އިތުބާރަށް ޝުކުރުވެރިވާކަން ހާމަކުރައްވާފައެވެ. އަދި އެކަމުގެ އަގު އަދާކޮށްދޭން ނިހާޔަތަށް ބޭނުންވާކަމަށް ވެސް ވިދާޅުވި އެވެ.

ޔޫސުފް ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާމިޔާބީ ހާސިލުކުރެވިއްޖެ ހާލަތުގައި ސަރުކާރުގެ އެންމެ އިސް އެއް މަދަދުވެރިޔާގެ ގޮތުގައި ހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭކަމަށް ވިދާޅުވިއެވެ. އަދި އެ ހިސާބުން އޭނާއަކީ ގަމު ދާއިރާ އާއި ސަރުކާރުގެ އިތުރުން ސަރުކާރާއި ދާއިރާގެ ތަރައްގީއާއި ގުޅުވައިދޭ ފާލަމަށް ވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވަނީ އިދިކޮޅު ފަރާތްތަކަށްވެސް މެސެޖެއް ދެއްވާފައެވެ. އެގޮތުން އޮޅުވާލުމާއި ޒާތީ ތައްސުބު އިންތިހާބީ މަސްރަހުގެ ތެރެއަށް ވައްދައިގެން ގަޑުބަޑުކުރަން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އޭނާ ގޮވާލެއްވިއެވެ. އަދި ހަގީގަތާއި ކުރިމަތިލެއްވުމަށްވެސް އޭނާ އިލްތިމާސްކުރައްވާކަމަށާއި މަޖިލީހުގެ ތެރެއިން ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ދެވޭނީ ސަރުކާރު ތަމްސީލުކުރާ ޕާޓީގެ މެމްބަރަކަށް ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބާރުތައް އިދިކޮޅު ފަރާތްތަކުގެ އަތުގައި އޮވެގެން ލިބިގެންދާނެ ފައިދާއެއް އަދި އަންނާނެ ތަރައްގީއެއްވެސް ނޯންނާނެކަމަށާއި މާޒީއަށް ބަލާލުމުން އެކަން ސާފުވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 36%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: