ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންޓި-ޑިފެކްޝަން ގާނޫނުގައި ބަޔާން ނުކުރާ މަޖިލީހުގެ ގޮނޑި ގެއްލޭ ހާލަތަކާއި މެދު އުފެދުުނު ސުވާލު!

މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރެއް އިންތިހާބުވުމަށް ފަހު އޭގެ ފަސް މަސް ފަހުން ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަކީ، އެ ވެރިކަމަކަށް ކުރިމަތިވާ އެންމެ ބޮޑު އިމްތިހާނެވެ. މަޖިލީހުގެ އެ ދައުރެއް ވެގެން ދަނީ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސަރުކާރުގެ އެންމެ ބޮޑު އެހީތެރިޔާ، ނުވަތަ ހިތްހަމަނުޖެހޭ ނަމަ ވާދަވެރިންގެ ކަރަށް ވާންކޮށްލަން ވެސް އޮތް ތަނަކީ އެއީ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރު މަޖިލީހުގައި މެމްބަރުން އޮތީ ސަރުކާރުން ބޭނުންވާ ގޮތަކަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ބާރު ބޭނުން ކުރެވޭ ގޮތަކަށް ނޫނެވެ. އެކަމަކު ބިލުތައް ފާސްކޮށް، ގަރާރުތައް ފާސް ކުރެވޭ މިންވަރަށް މެމްބަރުންގެ މެޖޯރިޓީއެއް އޮތެވެ.

2018 – 2023 އަށް ވެރިކަން ކުރި ރައީސް ޔާމީންގެ ޕީޕީއެމްއިން އިސް ނަގައިގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން އެންޓި ޑިފެކްޝަން ބިލެއް ހުށަހެޅި އެވެ. އޭރު އެ ގާނޫނު ހިފައިގެން ސުޕްރީމް ކޯޓަށް ދިޔައީ ކުރީގެ ރައީސް އިބްރާހިމް މުހަައްމަދު ސޯލިހެވެ. އެކަމަކު އެ މައްސަލަ ނިމުނީ، އެމްޑީޕީއާއި ދެކޮޅަށެވެ. އޭގެ ފަހުން އެ ޕާޓީ ވެރިކަމަށް އައިސް އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ފަހު ވެރިކަމުން ފައިބައިގެން ދިޔައީ “އަވަސް އަރުވާލައި” ގާނޫނެއް ގެނައުމަށް ފަހު އެވެ. ސަރުކާރަށް ގޮނޑި މަދުން ލިބި، އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ ޕީއެންސީން މެމްބަރުން ގަނެލާނެކަމުގެ ތުހުމަތަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި-ޑިފެކްޝަން ގާނޫނަނީ ފަސް ބާބު ހިމެނޭ ހެން ޖުމްލަ 8 މާއްދާ ހިމެނޭ ގާނޫނެކެވެ. އެ ގާނޫނުގައި މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތްތައް 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެމާއްދާގެ (ބ) ގައި ބުނެފައިވަނީ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ އެ މީހަކު އިންތިހާބުވވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެއްޖެނަމަ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގަން ވާނެ ކަމަށެވެ.

ކޮންމެއަކަސް 2024 ވަނަ އަހަރު މަޖިލިސް އިންތިހާބާއި އަނެއްކާވެސް ކުރިމަތިލީ އެފަަދަ ގާނޫނެއް އޮވެ އެވެ. ވެރިކަން ކުރާ މައި ޕާޓީއާއި، އިދިކޮޅުގެ ބޮޑު ވާދަވެރިކަމެއް އޮތް މި އިންތިހާބުގައި ސަރުކާރުން 66 އަށް ވުރެ ގޮނޑި ނެގި އެވެ. އެއަށް ފަހު ވޯޓުލިތާ ދެ ދުވަސް ނުވަނީސް އަމިއްލަ ގޮތުން ވާދަކޮށް ސަރުކާރުގެ ތާއީދުގައި އިންތިހާބު ކާމިޔާބު ކުރި 6 ކެންޑިޑޭޓެއް ޕީއެންސީއަށް ސޮއި ކުރި އެވެ. އެހެންކަމުން މިހާރު ޕީއެންސީއަށް ސޮއި ކުރި މެމްބަރުނާއި އެކު އަންނަ ދައުރުގައި އެ ޕާޓީ ތަމްސީލު ކުރާނެ 71 މެމްބަރުން މަޖިލީހުގައި ތިބޭނެ އެވެ. އަދި ޕީއެންސީ ވެގެންދާނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީއަށެވެ.

ދާދި ފަހުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބުރައިސް އިސްމާއިލް ހަބީބް ވަނީ ގާނޫނު ބުނާ ގޮތަށް އިންތިހާބީ މެމްބަރުން އިސްތިއުފާ ދޭން ޖެހޭ ހާލަތެއް މިއާއި އެކު އުފަންވޭތޯ ސުވާލު އުފައްދަވާފައެވެ. އެންޓި-ޑިފެކްޝަން ގާނޫނުގެ 3 ވަނަ މާއްދާގައި ގޮނޑި ގެއްލޭނެ ފަސް ހާލަތެއް ބަޔާން ކުރި ނަމަވެސް، އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތު ވެސް ބާޔާންކޮށްފައި ވެއެވެ. ނުވަތަ އިންތިހާބުވުމަށް ފަހު މެމްބަރުކަމުގެ ހުވާ ކުރުމުގެ ކުރިޔަށް ޕާޓީ ބަދަލު ކުރުމުން ވާނެ ގޮތެއް ވެސް ނެތެވެ.

މީޑިއާތަކުގެ ވެސް ސަމާލުކަމަށް އައި އެ ޕޯސްޓުގައި ހަބީބް ލިޔުއްވާ ހާލަތުގައި ވަނީ މަޖިލިސް އިންތިހާބުގައި ކެންޑިޑޭޓަކު އަމިއްލަ ގޮތުން ވާދަކުރެއްވި ކަމަށާއި، އަދި އެ އިންތިހާބު ކާމިބު ކުރި ކަމަށް ވިދާޅުވިއެވެ. އަދި ފާހަގަކުރީ އަމިއްލަ ގޮތުން އެ މީހަކު ވާދަކުރި ނަމަވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ނަން އޮތުމެވެ. އެހެންކަމުން އެ ހާލާތުުގައި އިލެކްޝަންސް ކޮމިޝަނުން އޭނާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާކަމަށް މަޖިލީހަށް އަންގައިފި ހާލެއްތެއްގާއި ކަން ވެގެންދާނެ ގޮތާއި މެދު ސުވާލު އުފައްދާފައިވެއެވެ. އަދި އަމިއްލަޔަށް ވާދަކޮށް ހޮވުނު މެންބަރަކު ސިޔާސީ ޕާޓީ އަކަށް ވައްދައިފި ހާލަތުގައި ވާނެ ގޮތަކާއި މެދު ވެސް ހަބީބު ސުވާލު އުފައްދާފައިވެއެވެ.

ގާނޫނީ ދާއިރާ ކިޔަވާވިދާޅުވެ، އިލެކްޝަންސް ކޮމިޝަނުގައި ގިނަ އަހަރުތަކެއް މަސައްކަތް ކުރެއްވި ހަބީބް ވިދާޅުވީ މި ދެ ހާލަތުން ހާލަތެއް މެދުވެރިވެއްޖެ ނަމަ ނިކުންނާނެ ނަތީޖާއަކީ ކޮބައިކަން ގާނޫނުުގައި ނެތް ކަމަށެވެ. އަދި ހަމައެއާއި އެކު ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައިވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މަގާމުން ވަކިވާނޭ ހާލަތު ބަޔާންކުރާ 4 ހާލަތެއްވާއިރު އޭގެން ހާލަތަކަށް ވެސް އަންނަ ކަމާމެދު ސުވާލު އުފެދޭކަމަށް ހަބީބު ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި މެންބަރަކު މަގާމުން ވަކިވާ ނުވަތަ އިންތިހާބުގައި ވާދަ ނުކުރެވޭނެ ޝަރުތުތަކުގެ ތެރޭގައި:

  1. އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން.
  2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން.
  3. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން.
  4. ފަނޑިޔާރަކު ކަމުގައިވުން.

ގާނޫނުއަސާސީގައި ރައްޔިތުންގެ ގޮނޑި ގެއްލޭނެ ކަމަށް ޝަރުތުތަކެއް ބަޔާންކޮށްފައިވާއިރު އެންޓި-ޑިފެކްޝަން ގާނޫނުގައިވެސް ގޮނޑިގެއްލޭނެ ހާލަތްތައް ބަޔާންކޮށްފައި ވީނަމަވެސް އަދިވެސް ރައްޔިތުންގެ މަޖިލީގެ ގޮނޑިގެއްލޭނެ ހާލަތްތަކާއި މެދު މިވަނީ ސުވާލުއުފެދިފައެވެ. މީގެކުރިންވެސް ރައްޔިތުންގެ މޖިލީހުގެ ގޮނޑި ގެއްލޭ ހާލަތްތައް މެދުވެރިވާ ހާލަތްތައް ދިމާވެފައުވާރު އެކަމުގެ ގާނޫނީ ހައްލު ހޯދުމަށް ދަނީ ސުޕްރީމް ކޯޓަށެވެ. އުފެދޭ ސުވާލަކީ ދެންމިހާލަތުގައި ކަން ހިނގައިދާނެ ގޮތަކީ ކޮބައިކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: