ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އެމްޕީ ސަނީފް ޕީއެންސީ ކެންޑިޑޭޓަށް ތާއިދުކޮށް، ޝަރީފް ފަހަތަށް

އެމްޑީޕީ އެމްޕީ ސަނީފް ޕީއެންސީގެ ކެންޑިޑޭޓަށް ތާއިދުކޮށް ކެމްޕެރއިންއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ޕީއެންސީ ކެންޑިޑޭޓް އަބްދުﷲ ޝަރީފަށް ތާއިދުކޮށް ކެމްޕެއިންއާއި ރަސްމީކޮށް ގުޅިވަޑައިގެންފިއެވެ.

ޕީއެންސީގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓަށް ތާއިދު ކުރެއްވުމަށް ސަނީފް ނިންމެވިއިރު ސަނީފްއަކީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވަމުން ގެންދާ މެމްބަރެކެވެ.

ތިނަދޫ ދެކުނު ދާއިރާއަށް ޕީއެންސީގެ ކެންޑިޑޭޓާއިއެކު 5 ބޭފުޅުން ވާދަ ކުރެއެވެ. އެއީ އަމިއްލަ ގޮތުން ވާދަ ކުރައްވާ ތިން ކެންޑީދޭޓުންނާއި އެމްޑީޕީގެ ކެންޑިޑޭޓެވެ.

އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވަމުން ގެންދެވި ސަނީފް ޕީއެންސީގެ ކެންޑިޑޭޓަށް ތާއިދު ކުރިއިރު ބައެއް ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން ވެސް ފަހަތަށް ޖެހި ޕީއެންސީގެ ކެންޑިޑޭޓުންނަށް ދަނީ ތާއިދު ކުރަމުންނެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަ ކުރެއެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް ބަލާއިރު އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރަނީ ޕީއެންސީގެ އިތުރުން އިދިކޮޅު އެމްޑީޕީންނެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 2%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: