ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސް އަށް މައިނޯރިޓީ ގެއްލި ޕީއެންސީއަށް މައިނޯރިޓީކަން

ޕީއެންސީއާއި އަލަށް ގުޅިވަޑައިގެން މެންބަރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކރުުމުން މަޖިލީހުގެ ދަފްތަރަށް އައި ބަދަލާއިއެކު، މައިނޯރިޓީ ޕާޓީގެ ގޮތުގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކަނޑައަޅައިފިއެވެ.

މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރެއްވި ގޮތުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުއެވެ.

މައިނޯރިޓީ ޕާޓީގެ ގޮތުގައި ކަނޑައެޅި ޕީއެންސީގައި ތިއްބެވީ 14 މެންބަރުންނެވެ. 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުން އިރު ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގައި މިހާރު ތިއްބެވީ 44 މެންބަރުންނެވެ.

އެހެން ޕާޓީތައް:

  • ދަ ޑިމޮކްރެޓްސް: 13 މެމްބަރުން
  • ޕީޕީއެމް: 2 މެމްބަރުން
  • އެމްޑީއޭ: 2 މެމްބަރުން
  • ޖޭޕީ: 2 މެމްބަރުން
  • ވަކި ޕާޓީއަކަށް ނިސްބަތްނުވާ: 3 މެމްބަރުން

މިދިޔަ ޑިސެމްބަރު 28 ގައި އެމްޑީޕީގެ 13 މެންބަރަކު ވަނީ ޕީޕީއެމް/ޕީއެންސީއާއި ގުޅިވަޑައިގެންފައިކަން ފާހަގަކުރެވެއެވެ.

މީގެ ކުރީގައި މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ، ދަ ޑިމޮކްރެޓްސްއެވެ. އަދި މައިނޯރިޓީ ލީޑަރެއްގެ ގޮތުގައި ހުންނެވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވަމާއަދުރާކަ މަލް މަސާޖު ކިޔަގެން ރައްޔަތުން ގުނބޯ ހެއްދި މިނިސްޓަރަށް ރުހުންދޭކަށް ނުޖެހޭ. ހައްޖު ވާޖިބުވަނީ އެކަމަށް ކުޅަދާނަކަން ލިބިގެންވާމީހާ. ރައްޔިތުންގެ ފައިސާއިން މީނައަށް ފަގީރުންގެ ނަމުގަ މީހުންހައްޖަށް ފޮނުވޭނީ ކިހިނެއްބާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: